ނޭވާހިއްލުމަކީ ބިރުގަންނަން ޖެހޭ ކަމެއް ނޫން: ޑރ. މުހައްމަދު އަލީ

ނޭވާ ހިއްލުން ނުވަތަ އެސްތުމާއަކީ ބިރުގަންނަން ޖެހޭ ބައްޔެއް ނޫން ކަމަށާއި އެބަލީގެ ފަރުވާއެއްގެ ގޮތުން އިންހެލާއާއި ގުޅަބޭސް ހުންނަ ކަމަށް އައިޖީއެމްއެޗުގެ އެތެރެ ހަށީގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާ...

05 May 2021 | 08:24

ނޭވާ ހިއްލުން ނުވަތަ އެސްތުމާއަކީ ބިރުގަންނަން ޖެހޭ ބައްޔެއް ނޫން ކަމަށާއި އެބަލީގެ ފަރުވާއެއްގެ ގޮތުން އިންހެލާއާއި ގުޅަބޭސް ހުންނަ ކަމަށް އައިޖީއެމްއެޗުގެ އެތެރެ ހަށީގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

ޑރ. މުހައްމަދު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންހެލާއަކީ ދެވިހިފާ އެއްޗެއް ނޫން ކަމަށާއި އެހެންކަމުން ނޭވާހިއްލުމުގެ މައްސަލަތައް އުޅުނަސް އެއީ ބިރުގަންނަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވީ ނޭވާހިއްލާ ކުޑަކުދިން މިބަލިން އެއްކޮށް ރަނގަޅުވުމުގެ ފުރުސަތު ބޮޑެތި މީހުންނަށް ވުރެ ބޮޑު ކަމަށާއި ބައެއް ކުދިން ހަ އަހަރު ނުވަނީސް ވެސް ނޭވާ ހިއްލަން ފަށާ ކަމަށެވެ. އެފަދަ ކުދިން ދެ ބަޔަކަށް ބެހޭ ކަމަށް ޑޮކްޓަރު ފާހަގަކުރެއްވެވި އެވެ. އެއީ، ހަމައެކަނި ރޯގާއެއް ޖެހުމުން ނޭވާހިއްލާ ކުދިންނާއި ތަންކޮޅެއް ގިނައިން ނޭވާހިއްލާ ކުދިންނެވެ.

މީގެ އިތުރުން ޑރ. މުހައްމަދު އަލީ ވިދާޅުވީ ބައެއްފަހަރަށް ކުޑައިރު ނޭވާ ނުހިއްލި ނަމަވެސް އުމުރުން މައްޗަށްދާ ވަރަކަށް ނޭވާހިއްލުން ނުވަތަ އެސްތުމާ ޖެހޭމީހުންވެސް އުޅޭ ކަމަށެވެ. ވަކިން ހާއްސަކޮށް އުމުރުން 22 އަހަރު ވުމަށްފަހު މިބަލި ޖެހުމުގެ ފުރުސަތު އަންހެނުންނަށް އިތުރުވާ ކަމަށާއި ބައެއް ފަހަރު އިއްދައިން ކެނޑޭ ދުވަސްވަރު ވެސް, ކުރިން ނޭވާ ނުހިއްލާ މީހުންނަށް ބަލި ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް