އިންޑިއާ: އިންތިހާބުން ހޮވުނުކަން އިއުލާނުކުރިއިރު ފަސް ކެނޑިޑޭޓަކު ކޮވިޑުގައި މަރުވެފައި !

އިންޑިއާގެ އުއްތަރު ޕްރަދޭޝް ޕަންޗާޔަތު (ވިލެޖު ކައުންސިލް) އިންތިހާބުގައި ހޮވުނު ފަރާތްތައް އިއުލާނުކުރިއިރު ހޮވުނު ބައެއް ކެނޑިޑޭޓުން ކޮވިޑުގައި މަރުވެފައިވާކަން ފާހަގަކުރެވިއްޖެއެވެ. އެގޮތުން އިންޑ...

05 May 2021 | 08:15

އިންޑިއާގެ އުއްތަރު ޕްރަދޭޝް ޕަންޗާޔަތު (ވިލެޖު ކައުންސިލް) އިންތިހާބުގައި ހޮވުނު ފަރާތްތައް އިއުލާނުކުރިއިރު ހޮވުނު ބައެއް ކެނޑިޑޭޓުން ކޮވިޑުގައި މަރުވެފައިވާކަން ފާހަގަކުރެވިއްޖެއެވެ.

އެގޮތުން އިންޑިއާގެ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި ފަސް ސަރަހައްދެއްގައި ކާމިޔާބު ހޯދި ފަރާތް އިއުލާނުކުރިއިރު އެ ފަރާތްތައް ވަނީ ކޮވިޑުގައި މަރުވެފައެވެ.

އެ ވިލެޖުތަކަކީ މައިންޕޫރީ، ޑެއޯރިއާ، ކަންނައުޖް، ޕްރަތާޕްގަޅް އަދި ބަރަބަންކީ ޑިސްޓްރިކްޓެވެ.

ކަން މިހެން ދިމާވެފައިވާއިރު އިންޑިއާއަށް މިވަނީ ކޮވިޑުގެ ސުނާމީއެއް އައިސްފައެވެ. ދުވާލަކު ހަތަރު ލައްކައާއި ގާތްކުރާ އަދަދަކަށް މީހުން ޕޮޒިޓިވްވެ 3500 އަސްވުރެ ގިނަ މީހުން މަރުވެއެވެ. އިންޑިއާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ހޮސްޕިޓަލުތައް ފުރުމާއި އޮކްސިޖަން ނުލިބުމުގެ ދަތިކަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް