އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މަޑުން ތިބީ މިއީ ރޯދަ މަހުގެ ފަހު10 އަށް ވާތީ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭ ބަންދަށް ބަދަލު ކުރުމާއި އެކު އިދިކޮޅުގެ އަޑު ކެނޑިއްޖެ ކަމަށް ބުނެ ގިނަ ބަޔަކު ދނީ ޕީޕީއެމް ޕީއެންސީއަށް ފާޑު ކިޔަމުންނެވެ. ރައީސް ޔާމީން ގޭ ބަންދަށް ބަދަލު ކުރީ މިދިޔަ މަހުގެ29ވަނަދުވަހުއެވެ.
ފާޑުކިޔުންތަކާއި ގުޅިގެން އާދަމް ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ މަގުމަތީ ހަރަކާތްތައް މަޑުއްޖާލީ ރޯދަ މަހުގެ ފަހު 10 އަށް ކަމަށެވެ. އޭނާ ވިދާޅުވީ މިހާރުވެސް ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާ ކަމަށެވެ.
އެގޮތުން ޖަވާބުދާރީ ކުރުވުމުގެ ގޮތުން ޔާމީން ގެއަށް ބަދަލު ކުރި ފަހުން ކުރެއްވި މަސައްކަތެއްގެ ގޮތުގައި ފާހަގަ ކުރެއްވީ ލ. މާވަށު އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓަށް ސަރުކާރުން ނުފޫޒު ފޯރުވި ކަމަަަށް ބުނާ މައްސަލައިގަ ކުރި މަސައްކަތެވެ. އޭނާ ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިދިކޮޅު ލީޑާޝިޕް އޮތޯ އިލެކްޝަންސް ތެރޭގައި ކަމަށެވެ.
https://twitter.com/Adamshareefz/status/1389846038622531586
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް