މި ހިނގާ ރޯދަ މަހު ވެސް ބައެއް ނަރުހުން 12 ގަޑިއިރު ޑިއުޓީގައި މަސައްކަތް ކުރަމުންދާ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގައި ހިމެނިވަޑައިގަންނަވާ، ޕީޑިއޮޓްރިކް އިންފެކްޝަންސް އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ރޭގެ ބަގުތެއްގައި ޓީވީ ޕްރޮގުރާކެއްގައި ވާހަކަދައްކަވަމުންނެވެ.
ރޭ ޑރ. ނަޒްލާ ވިދާޅުވީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ބަޔަކު ވެސް ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އޭގެ ސަބަބުން މި ރޯގާއާއި، އެހެނިހެން ބަލިތަކުގެ މީހުންނަށް ވެސް ފަރުވާ ދިނުމަށް އުނދަގޫތަކާއި ދަތިތައް ކުރިމަތިވަމުންދާ ކަމަށެވެ.
އެގޮތުން މި ރޯދަ މަހު ވެސް ނަރުހުން 12 ގަޑިއިރު ޑިއުޓީގައި މަސައްކަތް ކުރަމުންދާ ކަން ނަޒްލާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ބުނާނީ ހަމަ ތަންކޮޅެއް ބޮޑަށް ބަންދުކުރުން، ބަންދު ކޮށްފައި އަވަހަށް ކޮންޓްރޯލް ކުރުމަށް އަޅުގަނޑުމެން ލަފާ ދޭނީ" ނަޒްލާ ވިދާޅުވިއެވެ.
ކޯވިޑް-19 ވިޔަސް އެހެން ބައްޔެއްގެ ބަލި މީހަކަށް ވެސް ފަރުވާ ނުދެވި ދާތަން ބަލަން ބޭނުން ނުވާ ކަމަށާއި އެދޭނީ ވީހާވެސް އަވަހަށް ނަމްބަރު ދަށްކުރުން ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި ރ. ނަޒްލާ މުސްތަފާ ހިމެނިވަޑައިގަންނަވާ ގޮތުން ޑޮކްޓަރުންގެ ޓީމެއް (ޓެގް) އެކުލަވާލައި، މި ވައިރަހުން ސަލާމަތްވުމާ ގުޅޭ ހުރިހާ ލަފާތަކެއް ދިނުމުގެ ޒިންމާ ވަނީ ހަވާލުކޮށްއެވެ. އެކި ގައުމުތަކުގައި ވައިރަހުގެ ނުރައްކާ އޮތް މިންވަރުގެ މައްޗަށް، ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތަށް ރާއްޖެ އިން ކުރި ހޯދޭނެ ގޮތްތަކެއް ހޯދުމަށެވެ.
ޑރ. ނަޒްލާގެ އިތުރުން ޑރ. އަލީ ލަތީފާއި ޑރ. އަހުމަދު ޒިޔާން އާއި ޑރ. އަހްމަދު ޝަހީދާއި ޑރ. މޫސާ ހުސައިން ގެންދަވަނީ އެ ޒިންމާ ފުރިހަމަ އަށް އަދާކުރައްވަމުންނެވެ. ވައިރަސް ފެތުރުމުގެ ފުރުސަތެއް ނުދީ އަޅަން ޖެހޭ ފިޔަވަޅުތައް ބަލައި، އެންމެންނާ މަޝްވަރާކޮށް ގޮތް ނިންމެވުގައި އެ ބޭފުޅުން އުޅުއްވަނީ އަވަދިނެތި އެވެ.
އެންމެ ފުރަތަމަ ޑރ. ނަޒްލާ މަސައްކަތް ކުރައްވަމުން ގެންދެވީ އެންޓިބައޮޓިކް ރެސިސްޓެންޓް ޑިޕާޓްމެންޓުގެ ކަންކަން ކުރިއެރުވުމުގަ އެވެ. އެންޓިބައޮޓިކް ބޭނުންކުރާނެ، ރަނގަޅު ގައިޑްލައިންތަކެއް ހެއްދެވުމާއި ސާވޭ ހެއްދެވުމާއި ވެކްސިންގެ ކަންކަމުގައި އޭނާގެ ދައުރު ބޮޑެވެ.
މި ކަންކަމުގެ ތެރޭގައި އުޅުއްވަނިކޮށް، އެހެން ޑޮކްޓަރުންނާ އެކު ޑރ. ނަޒްލާ އަށް މިހާރު ކުރައްވަން ޖެހިވަޑައިގެންފައި ވަނީ މުޅިން އާ ތަޖުރިބާއެކެވެ: ކަރަންޓީން ފެސިލިޓީސްތައް ހެދުމާއި މީހުން އެ ތަނުގައި ބޭތިއްބުމާއި ފަރުވާ ދިނުމަކީ ރާއްޖެ އަށް މުޅިން އާ ކަމަކަށް ވީއިރު، އޭނާ އާއި އޭނާ އެކު މަސައްކަތް ކުރައްވާ އެހެން ޑޮކްޓަރުންގެ މަސައްކަތް ނާޒުކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް