މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ސްލޮޓްގައި ފިޝަރީޒް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޒަހާ ވަހީދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ރައީސް އޮފީހުން ހާމަކުރައްވާފައިވާގޮތުގައި ޒަހާ އިސްތިއުފާ ދެއްވީ މިއަދުގެ ވަގުތެއްގައެވެ.
" އެކަމަނާގެ އިސްތިޢުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީރު ކަމުގެ މަޤާމުގައި ހުންނަވައިގެން ޒަހާ ވަޙީދު ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކަށް ޝުކުރުއަދާކުރައްވާފައެވެ." ރައީސް އޮފީހުން ބުނެފައިވެއެވެ.
ޒަހާ އިސްތިއުފާ ދެއްވާފައިވާއިރު ފިޝަރީސް މިނިސްޓަރުގެ މަގާމަށް ޑރ. ހުސެއިން ރަޝީދު ހަސަން ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައެވެ. ޑރ. ހުސެއިން ކުރިން ހުންނެވީ އެންވަޔަރަންމަންޓް މިނިސްޓަރު ކަމުގެ މަގާމުގައެވެ.
ޒަހާ އިސްތިއުފާ ދެއްވާފައިވާއިރު، ޒަހާ މިނިސްޓަރު ކަމުން ވަކިކުރި ކަމަށްވެސް ހަބަރު ފެތުރިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް