އައްޑޫ ސިޓީ ހިތަދޫއިން ކޯވިޑު-19 އަށް ޕޮޒިޓިވްވީ މީހުންގެ ޑައިރެކްޓު ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ އިތުރު މީހަކު މިއަދު ކޯވިޑު-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
މިއާއި އެކު އެ ރަށުން ކޯވިޑަށް ޕޮސިޓިވްވި ޖުމުލަ އަދަދު 10އަށް ވަނީ އަރާފަ އެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނީ ހިތަދޫ ކްލަސްޓަރގެ ކޮންޓެކްޓުންގެ ގޮތުގައި 36 މީހުން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެމީހުންގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
އައްޑޫގައި މިވަގުތު 3 ކްލަސްޓަރ އޮތް އިރު ޖުމުލަކޮށް މުޅި އައްޑޫން ކޯވިޑް-19ގެ އެކްޓިވް ކޭސްގެ އަދަދު މިވަނީ 25އަށް އަރާފައެވެ.
އެއީ ހިތަދޫން ޕޮޒިޓިވްވި 10 މީހުންނާއި، ޝަންގްރިއްލާ ކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވީ މީހެއްގެ އިތުރުން ހުޅުމީދޫން ކޮވިޑަށް ޕޮޒިޓިވްވި 14 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް