ނޭޝަނަލް ޑްރަގް އެޖެންސީގެ ހިންގުން ހެލްތް މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބުރޫކް ވިދާޅުވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ބަދަލު ގެންނެވީ މިއަދު ކަމަށެވެ.
މިގޮތަށް ނިންމެވީ ސަރުކާރު ހިންގުން ހަރުދަނާކޮށް ލަނޑުދަނޑިތައް އަވަހަށް ހާސިލް ކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.
ޑްރަގް އެޖެންސީ މީގެ ކުރިން ހިންގަމުން އައީ މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ދަށުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް