އެންވަޔަރަމަންޓް އާއި ޓެކްނޮލޮޖީ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރަކަށް އާމިނަތު ޝައުނާ އައްޔަން ކޮށްފި އެވެ.
ރައިސް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މަގާމު ޝައުނާއަށް އެރުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ވިދާޅުވީ ކެބިނެޓަށް ގެނައި މިބަދަލަކީ ސަރުކާރު ހިންގުން ހަރުދަނާކޮށް ލަނޑުދަނޑިތައް އަވަހަށް ހާސިލް ކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.
އެންވަޔަރަމެންޓް މިނިސްޓްރީ އައި ޓެކްނޮލީ މިނިސްޓްރީ އެއްކައި އެ މިނިސްޓްރީގެ ނަން ވަނީ ބަދަލު ކޮށްފަ އެވެ. މިއަދުން ފެށިގެން މިނިސްޓްރީގެ ނަމަކީ މިނިސްޓްރީ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އެވެ.
https://twitter.com/MvSpokesperson/status/1389829070540603392
މި ގެނައި ބަދަލާއި އެކު މިނިސްޓްރީ އޮފް ކޮމިއުކޭޝަން ސައިންސް އެންޓް ޓެކްނޮލޮޖީ އުވާލާފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ކޮމިއުނޭޝަން މިނިސްޓްރީ އުވާލާފައި މިވަނީ އެ މިނިސްޓްރީގެ މިނިސްޓަރަކަށް ހުންނެވި މުހައްމަދު މަލީހު ޖަމާލުގެ އިތުބާރުނެތްކަމުގެ ވޯޓު ނަގައި ރައްޔިތުންގެ މަޖިލީހުން އޭނާ މަގާމުން ބޭރުކުރިތާ ދެ މަސް ފަހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް