އަލަށް ޑްރައިވިން ލައިސަންސް ހެއްދުމާއި ގުޅޭ ހިދުމަތްތައް ދިނުން ހުއްޓާލައިފި

އަލަށް ޑްރައިވިން ލައިސަންސްއަށް އެދޭ ފަރާތްތަކަށް ހިދުމަތް ދިނުން ހުއްޓާލައިފި އެވެ. ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނީ މި ނިންމުމަކީ ކޯވިޑް-19ގެ ހާލަތު އިތުރަށް ގޯސްވެފައިވާތީ ރައްކާތެރި ކަމުގެ ގ...

05 May 2021 | 06:23

އަލަށް ޑްރައިވިން ލައިސަންސްއަށް އެދޭ ފަރާތްތަކަށް ހިދުމަތް ދިނުން ހުއްޓާލައިފި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނީ މި ނިންމުމަކީ ކޯވިޑް-19ގެ ހާލަތު އިތުރަށް ގޯސްވެފައިވާތީ ރައްކާތެރި ކަމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ. މި ހިދުމަތް މެދުކަނޑާލީ ވަގުތީ ގޮތުންނެވެ.

އެ އިދާރާއިން ބުނީ އަލަށް ލައިސަންސް ހައްދާ ފަރާތްތަކަށް ދޭ ހިދުމަތްތައް މެދުކަނޑާލިޔަސް އެއްގަމު އުޅަނދު ފަހަރުގެ ޑްރައިވިން ލައިސަންސް އާ ކޮށްދިނުމުގެ ހިދުމަތް ކުރިއެކޭ އެއްގޮތަށް ދޭނެ ކަމަށް ބުނެ އެވެ. އަދި ޓްރާންސްޕޯޓު އޮޓޯރިޓީގެ ހިދުމަތްތައްވެސް ލިބޭނެ ކަމަށް ބުެނ އެވެ.

https://twitter.com/MoTCAmv/status/1389791912840761344

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް