ހުރާ އިން ކޯވިޑަށް ފައްސިވި އެންމެން ރަނގަޅުވެއްޖެ

ކ. ހުރާ އިން ކޯވިޑް-19 އަށް ފައްސިވި އެންމެން ރަނގަޅުވެއްޖެއެވެ. ހުރާ އިން ފުރަތަމަ ފައްސިވި މިދިޔަ މާޗު މަހުގެ 23 ވަނަ ދުވަހު މާލެއަށް ޑޮކްޓަރަށް ދެއްކުމަށް ފޮނުވާލި ބަލި މީހެކެވެ. އެމީހާ ބައްޔަށް ފަ...

05 May 2021 | 05:52

ކ. ހުރާ އިން ކޯވިޑް-19 އަށް ފައްސިވި އެންމެން ރަނގަޅުވެއްޖެއެވެ.

ހުރާ އިން ފުރަތަމަ ފައްސިވި މިދިޔަ މާޗު މަހުގެ 23 ވަނަ ދުވަހު މާލެއަށް ޑޮކްޓަރަށް ދެއްކުމަށް ފޮނުވާލި ބަލި މީހެކެވެ. އެމީހާ ބައްޔަށް ފައްސިވުމާ ގުޅިގެން އެ ރަށް އަރައި ފޭބުން މަނާ ކުރުމަށް ފަހު މިހާރު ވަނީ އެ ހާލަތު އުވާލާފައި އެވެ.

ހުރާގެ ހެލްތް ސެންޓަރުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، އެ ރަށުން ޖުމްލަ 175 މީހަކު ކޯވިޑް-19އަށް ފައްސި ވިއެވެ. އެ އެންމެން މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ.

ހުރާ އިން ޖުމްލަ 1122 ސާމްޕަލް ނަގާފައިވެއެވެ.

ކޯވިޑް-19ގެ ނުރައްކާ މާލެ އާއި ރަށްތަކުގައި ބޮޑުވެފައިވާއިރު، ރަށްތަކުގައި 1000 އަށް ވުރެ އެކްޓިވް ކޭސް އުޅޭ ކަމަށް އެޗްއީއޯސީން ބުނެއެވެ. އަދި ގިނަ ރަށްތަކެއް ވަނީ އަރައިނުފޭބޭ ހާލަތުގައެވެ.

އެގޮތުން27 ރަށެއް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް