ފ. ނިލަންދޫއަށް އަރައިފޭބުން މަނާކޮށްފި

ފ. ނިލަންދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ. ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ނިލަންދޫ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ...

05 May 2021 | 05:14

ފ. ނިލަންދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ނިލަންދޫ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. ނިލަންދޫ މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދައި ނިމެންދެންނެވެ.

މޮނިޓަރިންގެ ހާލަތުގައި އޮންނަ މުއްދަތުގައި އެޗްޕީއޭގެ ހުއްދަނެތި އެ ރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.

ނިލަންދޫގެ އިތުރުން އެ އަތޮޅު ފީއަލީވެސް އޮތީ މޮނިޓަރިންގެ ހާލަތުގައި އެ ރަށުން ކޯވިޑަށް ޕޮސިޓިވް ވެފައިވަނީ ފްލޫ ކްލިނިކަށް ދެއްކި ބައެކެވެ.

އޭގެ ފަހުން އެ ރަށުން އިތުރު ބަޔަކު ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ.

އެޗްޕީއޭއިން ބުނީ އެ ރަށުގެ ޕޮސިޓިވް ކޭސް އާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ ކޯވިޑް-19 ގެ ކޭސްތަކާއި ގުޅިގެން މިވަގުތު އަތޮޅު ތެރޭގެ 27 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް