އެހެން މީހުންނަށް 'މަންމަ' ސިފަކޮށްދޭނީ ކިހިނެތްތޯ އެހުމުން ފިލްމީ ތަރި އާމިނަތު ރިޝްފާގެ ދަރިފުޅު އެލް ބުނެފައި ވަނީ ކައިލީ ޖެނާއަށްވުރެ ފެޝަނަބަލް ކޮށް ކަމަށެވެ.
ބައިސްކޯފުގެ 'ޑްރާފްޓްސް ޖަރ' ގައި ރިޝްފާއާއި އޭނާގެ ދަރިފުޅު ބައިވެރިވި ޕްރޮގްރާމްގައި އެލް ބުނިގޮތުގައި އޭނާގެ މަންމަ މޭކަޕްކުރަން އޭނާ އެހާ ހިތްހަމައެއް ނުޖެއެވެ. އެއަށްވުރެ ބޮޑަށް ގުދުރަތީ ރީތިކަމަށް ލޯބިކުރުން، އެލްގެ ނަޒަރުގައި ރަނގަޅުވާނެއެވެ.
ރިޝްފާ އަކީ ކޮންކަހަލަ މަންމައެއްތޯ ސުވާލުކުރުމުން އެލް ބުނީ، ހުރިހާ ގޮތަކުންވެސް 'ޕަރފެކްޓ' މަންމައެއް ކަމަށް ދެކޭކަމަށެވެ. ދެމައިން އެއްކޮށް އެންމެ ކުރާހިތްވާ ކަމަކަށް ރިޝްފާ ފާހަގަކުރީ ނެށުން ކަމަށެވެ. އަދި ލަވަވެސް ކިޔާކަމަށް ރިޝްފާ ފާހަގަކޮށްލިއެވެ.
ރިޝްފާގެ ހަޔާތުގެ ތަޖުރިބާއަށް ބަލައި، އޭނާގެ ދަރިފުޅަށް ދޭނެ ނަސޭހަތަކީ، އުމުރުން 18 އަހަރު ނުވަނީސް ބިޓެއް ނުނެގުން ކަމަށް ރިޝްފާ ބުނެއެވެ.
" ޑޯންޓް ފޯލް ފޯ ލަވް ސޯ ސޫން. ބޯއީފްރެންޑްސް އާ، އެއީ އެންމެ ފަހުގެ ކަންތައް" ރިޝްފާ ބުނެއެވެ. 25 ނުވަތަ އެއަށްވުރެ އުމުރުން މަތިވަންދެން ކިޔަވަން ރިޝްފާ އެލްއަށް ނަސޭހަތް ދެއެވެ.
ދަރިފުޅާމެދު ރިޝްފާ އެންމެ ކަންބޮޑުވަނީ، ދަރިފުޅު ކޮޓިރީގައި އެކަނި އިންނައިރު ކަމަށް ރިޝްފާ ބުނެއެވެ. ރިޝްފާ ބުނީ މިހާރު އެލް ސިޓިންގްރޫމަށް ނިކުމެއުޅުން މަދުވެފައިވާ ކަމަށެވެ.
އެލް އަބަދު ލެޕްޓޮޕާއި ފޯނާއެކު ވަގުުތު ހޭދަކުރާތީ އެކަން ރިޝްފާ ފާހަގަ ކުރުމުން އެލް ބުނީ އެއީ އޭނާގެ 'ސޭފް ސްޕޭސް' ކަމަށެވެ.
ދެމައިންގެ މެދުގައި ބައެއް ކުދިކުދި ކަންކަމުގައި ހިޔާލުތަފާތުވުންތައް ހުރިކަން އެ ޕްރޮގްރާމްގައި ދެއްކި ވާހަކައިން އެނގުނެވެ. އެގޮތުން އެލް ގޮޅިޖެހި ގަމީސް ލާން ބޭނުންވާއިރު، ރިޝްފާއަކަށް އެގޮތެއް އެހާ ކަމަކު ނުދެއެވެ.
އެލް ގަބޫލު ކުރާގޮތުގައި ރީތިވުމަކީ ވަކިކަހަލަ ހެދުމެއް ލުން ނޫން ކަމަށާއި، ތީތި ޓީޝާޓެއް ލުމުން ވެސް ރީތިވާނެ ކަމަށެވެ. ނަމަވެސް ރިޝްފާ ބުނަނީ ވެޑިންގް ޕާޓީއަކާއި އެނޫންވެސް ހަފްލާތަކަށް ދާއިރު އެފަދަ ހެދުން ރިޝްފާއަށް ކަމު ނުދާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް