ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާގޮތަށް ހަމަޖައްސާފައިވާ މުއްދަތުގައި މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ހިދުމަތްދޭނެ ދުވަސްތައް އާންމުކޮށްފި އެވެ.
ކޯވިޑްގެ ކޭސްތައް މާލެ ސަރަހައްދުގައި އިތުރުވެފައިވާތީ ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ބަންދު ކުރަން ނިންމާފައިވަނީ މިއަދުން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެމްއެމްއޭއިން ބުނީ މި މުއްދަތުގައި އެމްއެމްއޭ އާއި ބޭންކުތައް ހުޅުވާފައި ހުންނާނީ ހޯމަ އަދި ބުދަ ދުވަހު ކަމަށެވެ. މި ދުވަސްތަކުގައި އެމްއެމްއޭއިން ފައިސާ ބަލައިގަތުމާއި ދުކުރުމުގެ އިތުރުން ސިޓީ ފަދަ ތަކެތި ބަލައިގެންނާނެ ކަމަށް ބުނެ އެވެ.
ފައިސާ ބަލައިގަތުމާއި ދުކުރުމުގެ ހިދުމަތް ދޭނީ:
ހެނދުނު 9:00 ން 12:00 އަށް
ސިޓީ އާއި ތަކެތި ބަލައިގަތުމުގެ ހިދުމަތް ދޭނީ:
ހެނދުނު 9:30 ން 12:00 އަށް
އެމްއެމްއޭއިން ފައިސާ ބަލައިގަތުމާއި ދޫކުރުމުގެ ހިދުމަތް ދޭނީ މިހާރެކޭވެސް އެއްގޮތަށް އެޕޮއިންޓްމެންޓް އުސޫލުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް