ކާފިއު ގަޑީގައި ހާއްސަ އިސްކަމެއް ދީގެން ފުލުހުން މަގުތަކުގައި ފޯރިމަރާނެ

ކާފިއު ގަޑީގައި ހާއްސަ އިސްކަމެއް ދީގެން ފުލުހުން މަގުތަކުގައި ފޯރިމަރާނެކަން ހާމަކޮށްފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިރެއިން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރޭގަނޑު 12:00 އ...

04 May 2021 | 19:19

ކާފިއު ގަޑީގައި ހާއްސަ އިސްކަމެއް ދީގެން ފުލުހުން މަގުތަކުގައި ފޯރިމަރާނެކަން ހާމަކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިރެއިން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރޭގަނޑު 12:00 އިން ފެށިގެން 04:00 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އަންގާފައިވާ އެންގުން ތަންފީޒް ކުރުމަށް ފުލުހުން ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާނެ ކަމަށެވެ. އަދި މި މަސައްކަތް ކުރެވެމުން ދާއިރު، އެންމެ ފަހުން ހިންގި ކަރފިއުގައި ބޭނުން ކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ދޫކޮށްފައިވާ ދާއިމީ ފާސްތައް ވަކި ގޮތެއް އަންގަންދެން ބޭނުން ކުރަމުން ގެންދެވޭނެ ވާހަކަ ވެސް އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ހާމަކުރާ ގޮތުގައި ވެހިކަލް މަނާ ގަޑިތަކުގައި ހުއްދަ އަށް އެދިލެވުމަށް: police.gov.mv/permit ބޭނުން ކުރެއްވޭނެއެވެ. ނުވަތަ

ޕޮލިސް ޕަރމިޓް ސެންޓަރގެ ނަމްބަރު 1665އަށް ވެސް ގުޅުއްވޭނެއެވެ.

ކޯވިޑް-19 އިން ރައްކާތެރިވެ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ކަމާބެހޭ އިދާރާތަކުން އަންގައި އެންގުންތަކަށް ފުރިހަމައަށް ބޯލަނބައި ފަރުދީ ހައިސިއްޔަތުން ކުރެއްވެންހުރި އެންމެހައި ކަންކަން ކުރައްވަމުން ގެންދެވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް