ވިއްސާރަވުމާއި ގުޅިގެން ވައިޓް އެލާޓު ނެރެފި

މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް މިއަދު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ވައިޓް އެލަރޓް ނެރެފިއެވެ. ވިއްސާރައިގެ ސަބަބުން މެޓް އޮފީހުނ ވައިޓް އެލާޓު ނެ...

05 May 2015 | 15:25

މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް މިއަދު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ވައިޓް އެލަރޓް ނެރެފިއެވެ.

ވިއްސާރައިގެ ސަބަބުން މެޓް އޮފީހުނ ވައިޓް އެލާޓު ނެރެފައިވަނީ މިރޭ 18:15 އިން 23:15 އާއި ހަމައަށެވެ. މެޓް އޮފީހުން ބުނީ ވައިޓް އެލާޓު ނެރުނީ މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް އެ ވަގުތު ތަކުގައި ގުގުރުމާއިއެކު ބޯކޮށް ވާރޭވެހި، ބާރަށް ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭތީ އެވެ.

އެގޮތުން ކޮޅިގަނޑުގައި ގަޑިއަކު 40 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

ވައިޓް އެލާޓު ނެރެނީ އާންމު ހާލަތުގައި އޮތުމަށް ފަހު ކޮންމެސް ވަރަކަށް ނުރައްކަލާ ކުރިމަލތިލާން ޖެހިދާނެކަމަށް ބަލައެވެ.

ފަހަކަށް އައިސް ވިއްސާރަވާން ފަށާފައިމިވަނީ ގިނަ ދުވަސްތަކެއް ވަންދެން ވާރޭ ނުވެހި އޮތުމަށް ފަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް