ފުލުހަކަށް ހަމަލާދިން މައްސަލައިގަ އަށްވަނަ މީހަކު ހައްޔަރުކޮށްފި

މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި އަނެއްކާވެސް މީހަކު ހައްޔަރުކޮށްފި އެވެ. މިފަހަރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު...

05 May 2015 | 11:53

މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި އަނެއްކާވެސް މީހަކު ހައްޔަރުކޮށްފި އެވެ.

މިފަހަރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ސ. ހުޅުދޫ ގުލްހަޒާރުގޭ އުސްމާން ހަސަންއެވެ. އޭނާ އާއި އެކު އެ މައްސަލައިގަ މިހާތަނަށް އަށް މީހަކު ހައްޔަރުކޮށްފައިވެ އެވެ. އުމުރުން 20 އަހަރުގެ އުސްމާނަކީ އެމްޑީޕީއަށް ނިސްބަތްވާ މީހެކެވެ.

ފުލުސް މީހާއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި އުސްމާންގެ އިތުރުން ހައްޔަރުކޮށްފައިވަނީ މާލޭ ދަފްތަރު 9130 މޫސާ ޝަރުމީލް،35 އާއި ގ. ކީމާ އަބްދުﷲ ރަޝީދު މުހައްމަދު،49 އާއި ލ. ގަން، މުކުރިމަގު އެއްގަމުގޭ ނާސިރާ އަލީ،30 އާއި ގދ. ގައްދޫ ލޮޓަސް ލައުޝާން އަހްމަދު ޒާހިރު،19 އާއި ތ. ގުރައިދޫ ރޯސްވިލާ އަހްމަދު އިބްރާހީމް،48ގެ އިތުރުން ސ. ހުޅުދޫ އޮސްޓްރޭލިއާ އިބްރާހީމް އިބާދު،28 އާއި ކްލަބް އީގަލްސްގެ ކުރީގެ ގޯލްކީޕަރު މ. ބާންސްރީގެ އިބްރާހީމް ލަބާން ޝަރީފް،19 އެވެ.

އެ ހަމަލާތަކުގައި އަނިޔާވި ފުލުހުންނަށް ސްރީލަންކާގައި ފަރުވާދެމުންދާއިރު އެމީހުންގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް