އިސްލާމިކް މިނިސްޓަރުކަމުން ޝަހީމް އިސްތިއުފާ ދެއްވައިފި

އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. އިސްތިއުފާ ދެއްވިކަން ޓްވީޓަކުން ހާމަކުރައްވާފައވާއިރު ޝަހީމް ކުރައްވާފައިވާ އިތުރު ޓްވީޓެއްގައި ވިދާޅުވެފ...

05 May 2015 | 11:18

އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އިސްތިއުފާ ދެއްވިކަން ޓްވީޓަކުން ހާމަކުރައްވާފައވާއިރު ޝަހީމް ކުރައްވާފައިވާ އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ކެބިނެޓްގައި މަސައްކަތް ކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި ދެއްވި އެއްބާރުލެއްވުމަށް ނިހާޔަތަށް ޝުކުރު ދަންނަވާ ކަމަށެވެ.

ޝަހީމް މަގާމުން އިސްތިއުފާދެއްވާފައި މިވަނީ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި އަދާލަތު ޕާޓީއަށް ނިސްބަތްވާ ބޭފުޅުން އެ މަގާމުތަކުން އިސްތިއުފާދިނުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމާ އެކަން އެބޭފުޅުންނަށް އަންގާފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް