ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލްގެ އަނބިކަބަލުން ޝެރީނާ އަބްދުއް ސަމަދަށް އެޑިއުކޭޝަން މިނިސްޓްރީގެ ނައިބު ކަން ދެއްވައިފި އެވެ.
ޝެރީނާ ވަނީ މީގެ ކުރިން ވެސް ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކަކު މަސައްކަތް ކުރައްވާފަ އެވެ.
ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޭނާ ވަނީ މަރަދޫ ދާއިރާއަށް ވާދަކުރައްވާފަ އެވެ. އެ އިންތިހާބަށް ކުރިމަތިލެއްވުމާއި ހަމައަށް އޭނާ ހުންނެވީ އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރެއްގެ މަގާމުގަ އެވެ.
އެޑިއުކޭޝަންގެ ނައިބް ކަމަށް ޝެރީނާ ހަމަޖެއްސުމާއި ގުޅިގެން އެ މިނިސްޓްރީގައި 12 ޑެޕިއުޓީ މިނިސްޓަރުން ތިއްބަވާނެ އެވެ. ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ތިން ބޭފުޅަކު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް