ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާޜުން ވަކި ކުރި މައްސަލަ އެ ކޯޓަށް ހުށަހަޅައިފި

ސުޕްރީމް ކޯޓުން ދެ ފަނޑިޔާރުން ވަކިކުރަންޖެހޭ ގޮތަށް ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ މަޝްހޫރު ގާނޫނީ ވަކީލް...

05 May 2015 | 06:59

ސުޕްރީމް ކޯޓުން ދެ ފަނޑިޔާރުން ވަކިކުރަންޖެހޭ ގޮތަށް ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ މަޝްހޫރު ގާނޫނީ ވަކީލް ޝާހީން ހަމީދު އާއި ވަކީލް މުހައްމަދު ފައިސަލް އާއި ވަކީލް ހަސަން މާޒް ޝަރީފް އެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އެ ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކި ކުރަން ޖެހޭ ގޮތަށް ޖޭއެސްސީގެ މައްޗަށް މަޖުބޫރުކޮށް ކޯޓުތަކާއި ބެހޭ ގާނޫނަށް ގެނައި އިސްލާހަކީ ގާނޫނު އަސާސީއާއި ހިލާފު އިސްލާހެއް ކަމަށް ކަނޑައަޅައިދިނުމަށް އެދޭކަމަށެވެ.

މީގެ ކުރިން މިމައްސަލަ ވަނީ ދެ ފަހަރެއްގެ މަތިން ހައިކޯޓަށް ހުށަހަޅާފަ އެވެ. ނަމަވެސް ހައިކޯޓުން ވަނީ ދެ ފަހަރުވެސް އެ މައްސަލަ ބޭރުކޮށްލާފަ އެވެ.

ހައިކޯޓުގެ ރަޖިސްޓްރާ އެގޮތަށް ނިންމީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހެޅި އެ މައްސަލަ ބަލައިނުގަތުމަށް އެކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާތީ އެވެ. އެހެންކަމުން އެ މައްސަލަ ދެން އިސްތިއުނާފް ކުރެވޭނީ ސުޕްރީމް ކޯޓުގަ އެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ޖޭއެސްސީން ނިންމުމުން މަޖިލީހުން އެކަން ފާސްކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ. އަދި ހަމަ އެރޭގެ ވަގުތެއްގަައި އަބްދުﷲ ސައީދު އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަންކުރަން މަޖިލީހުން ރުހުން ދިނުމާއި ގުޅިގެން އޭގެ ކުޑައިރުކޮޅެއް ފަހުން އަބްދުﷲ ސައީދު ވަނީ މަގާމުގެ ހުވާ ކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް