ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
ރިޔާޒު ޕޮލިހަށް ހާޒިރުވާން އަންގާފައިވަނީ މިރޭ 09:00 އަށެވެ. ސީދާ ކޮން މައްސަލައަކާއި ގުޅިގެން ކަން ނޭނގުނު ނަމަވެސް ހާޒިރު ކުރަނީ ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ކަމަށް ރިޔާޒަށް ފޮނުވި ޗިޓުގައި ބުނެފައިވެއެވެ.
ރިޔާޒުވެސް ވަނީ އޭނާއަށް ފުލުހުންގެ ޗިޓު ލިބިފައިވާކަން ޓުވިޓާ މެދުވެރިކޮށް ޔަގީންކޮށްދެއްވާފަ އެވެ.
https://twitter.com/riyazabdulla/status/595486893749350400
ފުލުހުން ރިޔާޒު މިރޭ ހާޒިރު ކުރާއިރު ފަހަކަށް އައިސް ރިޔާޒުވަނީ މިހާރުގެ ކޮމިޝަނަރު ހުސައިން ވަހީދަށާއި، ފުލުހުންގެ ތެރޭގައި ބައެއް ކަންތައްތައް ހިންގަމުން ގެންދާ ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
އޭގެއިތުރުން އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ.އަފްރާޝީމް އަލީގެ މަރާއި ގުޅިގެން ވެސް ރިޔާޒު ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް