ފިޠުރު ޢީދުގައި ރާއްޖޭގެ ތިން ސަރަޙައްދެއްގައި ފޯރިގަދަ ތިން ހަރަކާތަކަށް އުރީދޫގެ އެހީތެރިކަން

ފިޠުރު ޢީދުގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރިއަށްގެންދިޔަ ފޯރިގަދަ ތިން ހަރަކާތަކަށް އުރީދޫ މޯލްޑިވްސް އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެ ތިން ހަރަކާތަކީ ބ. އޭދަފުށީގައި ކުރިއަށްގެންދިޔަ، އޭ...

05 Apr 2025 | 18:10

ފިޠުރު ޢީދުގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރިއަށްގެންދިޔަ ފޯރިގަދަ ތިން ހަރަކާތަކަށް އުރީދޫ މޯލްޑިވްސް އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެ ތިން ހަރަކާތަކީ ބ. އޭދަފުށީގައި ކުރިއަށްގެންދިޔަ، އޭދަފުށީ ފުޓްސަލް ކަޕާއި ހއ. ފިއްލަދޫގައި ކުރިއަށްދިޔަ މަސް ރޭހާއި ލ. މާބައިދޫގައި ކުރިއަށްދިޔަ މަސްރޭހެވެ.

ފިޠުރު ޢީދުގައި ހުޅުމާލޭގައި ޢީދު ސައި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢީދު ހަދިޔާ ބެހުމުގެ ހަރަކާތްތައް އުރީދޫއިން ކުރިއަށް ގެންގޮސްފައިވެއެވެ.

މީގެ އިތުރުން ނިމިދިޔަ ރޯދަމަހުގައިވެސް ކޮމިއުނިޓީ ރޯދަވީއްލުން ފަދަ ކަންކަން އުރީދޫއިން ކުރިއަށްގެންގޮސްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް