ގައްދޫގައި އައިޑީ ކާޑުގެ ޚިދުމަތް ފަށައިފި

ގދ. ގައްދޫގައި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ފަށައިފިއެވެ. ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންސް (ޑީއެންއާރް) އިން ބުނީ އައިޑީ ކާޑުގެ ޚިދުމަތް ގދ. ގައްދޫގައި ފަށާފައިވާ ކަަމަށެވެ....

05 Apr 2025 | 08:24

ގދ. ގައްދޫގައި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ފަށައިފިއެވެ.

ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންސް (ޑީއެންއާރް) އިން ބުނީ އައިޑީ ކާޑުގެ ޚިދުމަތް ގދ. ގައްދޫގައި ފަށާފައިވާ ކަަމަށެވެ.

އެހެންކަމުން އެ ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ރައްޔިތުންނަށް ތަނަވަސްވާނެ ކަމަށް ޑީއެންއާރުން ހާމަކުރެއެވެ.

މިއީ މާލޭން ބޭރުގައި އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށާފައިވާ 15 ވަނަ ރަށް ކަމަށްވެސް ޑީއެންއާރުން ހާމަކުރެއެވެ

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް