ވަޒަންތަކާއެކު ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދަށް ހަ ދުވަސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދިޔަ ބިދޭސީއެއްގެ އަތުން ވަޒަންތަކެއް ފެނުނު މައްސަލައިގާ ހައްޔަރުކުރި މީހާގެ ބަންދަށް މުއްދަތު ޖަހައިފިއެވެ. ދުވަހަށް މަޢުލޫމާތުދެމުން ފުލުހުން ބުނީ ހައްޔަރުކުރ...

05 Apr 2025 | 08:05

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދިޔަ ބިދޭސީއެއްގެ އަތުން ވަޒަންތަކެއް ފެނުނު މައްސަލައިގާ ހައްޔަރުކުރި މީހާގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.

ދުވަހަށް މަޢުލޫމާތުދެމުން ފުލުހުން ބުނީ ހައްޔަރުކުރި އެ ބިދޭސީ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހަ ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާކަމަށެވެ.

ކުރިން ދުވަހަށް މަޢުލޫމާތުދެމުން ފުލުހުން ބުނީ ރޭގެ ވަގުތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ދިޔަ ބިދޭސީއެއްގެ އަތުން ވަޒަންތަކެއް ފެނުނު މައްސަލަ ފުލުހުން ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.

އެ ބިދޭސީ މީހާގެ ވަނަވަރާއި މަގްޝޮޓް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ނޫސްވެރިޔާ ޢާއިދާ ޢަބްދުލްހަކީމް އޭނާގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމިރޭޓްސް ފްލައިޓެއްގައި ދުބާއީއަށް ދާން ފުރަންދިޔަ ސައުތު އެފްރިކާ މީހެއްގެ އަތުން 14 ވަޒަން ފެނިގެން އެ މައްސަލަ ކަމާބެހޭ ފަރާތްތަކުން ބަލަންފަށާފައިވާކަމަށް މަޢުލޫމާތު ލިބިފައިވާކަމަށެވެ.

އެއީ EK653 ފްލައިޓުން ފުރަންދިޔަ ފަސިންޖަރެއް ކަމަށްވެސް ޢާއިދާ ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް