ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަންދިޔަ ބިދޭސީއެއްގެ އަތުން ވަޒަންތަކެއް ފެނުނު މައްސަލައެއް ދިވެހި ފުލުހުން ތަޙުޤީޤު ކުރަން ފަށައިފިއެވެ.
ދުވަހަށް މަޢުލޫމާތުދެމުން ފުލުހުން ދެންމެ ބުނީ ރޭގެ ވަގުތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ދިޔަ ބިދޭސީއެއްގެ އަތުން ވަޒަންތަކެއް ފެނުނު މައްސަލަ ފުލުހުން ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.
އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ނޫސްވެރިޔާ ޢާއިދާ ޢަބްދުލްހަކީމް އޭނާގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމިރޭޓްސް ފްލައިޓެއްގައި ދުބާއީއަށް ދާން ފުރަންދިޔަ ސައުތު އެފްރިކާ މީހެއްގެ އަތުން 14 ވަޒަން ފެނިގެން އެ މައްސަލަ ކަމާބެހޭ ފަރާތްތަކުން ބަލަންފަށާފައިވާކަމަށް މަޢުލޫމާތު ލިބިފައިވާކަމަށެވެ.
އެއީ EK653 ފްލައިޓުން ފުރަންދިޔަ ފަސިންޖަރެއް ކަމަށާއި ގިނަ އިރުތަކެއްވަންދެން ސިފައިން، އޭނާއާ ސުވާލު ކުރުމަށްފަހު އޭނާގެންދިޔައީ ސިފައިންގެ ބެލުމުގެ ދަށަށް ކަމަށްވެސް ޢާއިދާ ބުނެފައިވެއެވެ.
މިކަމުގައި ދިވެހި ސިފައިންގެ ކޮމެންޓެއް އަދި ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް