ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ދަނީ ކުރިއަށް: އެޗްޑީސީ

ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ 15 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކާ ނިމިފައި ކަމަށާއި އަދި މި ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރުވެސް ބާރުދުވެލީގައި ކުރިއަށްދާކަމުގައި ހައުސިން ޑިވެލޮޕްމަންޓް ...

05 Apr 2024 | 14:56

ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ 15 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކާ ނިމިފައި ކަމަށާއި އަދި މި ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރުވެސް ބާރުދުވެލީގައި ކުރިއަށްދާކަމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެގޮތުން އެޗްޑީސީ އިން ބުނެފައިވަނީ ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ 2 ބަޔަކަށް ބަހާލައިގެން ކަމަށާއި އެގޮތުން ފުރަތަމަ ބައިގޮތުގައި ހިއްކުމަށް ކަނޑައަޅާފައިވަ ސަރަހައްދުގެ 10 ހެކްޓަރ ބިން މިހާރު ވަނީ ހިއްކާ ނިމި، ދެވަނަ ބައިގެ ވެސް 5 ހެކްޓަރ ހިއްކާފައި ކަމަށެވެ.

"މިހާރު ކުރިއަށް ދަނީ ދެވަނަ ބައިގެ ނުނިމި އޮތްބައި ހިއްކުމުގެ މަސައްކަތް، އެގޮތުން ހުޅުމަލޭގެ 3 ވަނަ ފިޔަވަހީގެ ގޮތުގައި މުޅި ޖުމްލަކޮށް ހިއްކުމަށް ކަނޑައެޅިފައި ވަނީ 63 ހެކްޓަރ" އެޗްޑީސީއިން ބުނެފައިވެއެވެ.

މިއާއެކު ބިން ހިއްކުމުގެ މަސައްކަތަށް ދަތިވާތީ، އެކުލަވައިފައިވާ ޗާޓުގައި ފެހިކުލައިން ފާހަގަކޮށްފައިވާ ސަރަހައްދުގައި ހުރި އުޅަނދުތައް ނަގައި ދިނުމަށް އެ ކޯޕަރޭޝަނުން އެދެއެވެ. އަދި އެ ސަރަހައްދުން ނަގާ އުޅަނދުތައް އެ ސަރަހައްދުން ބޭރުގައި އެޅުމުގެ ފުރުސަތު އުޅަނދުގެ ވެރިންނަށް ފަހިކޮށްދީފައިވާނެކަމުގައިވެސް އެޗްޑީސީއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް