ހަމައެއް ނެތި ސޯލިހް ސަރުކާރުން ހިޔާ ލިސްޓުން އުނިކުރި ފަރާތްތަކަށް އެންމެ ފުރަތަމަ މަޝްރޫއިން ފްލެޓްދޭނަން: ރައީސް މުއިއްޒު

ހިޔާ ފްލެޓްގެ އެންމެ ފުރަތަމަ ދާއިމީ ލިސްޓުން އުނިކުރި ފަރާތްތަކަށް މި ސަރުކާރުގެ އެންމެ ފުރަތަމަ ހައުސިން މަޝްރޫއިން ފްލެޓް ދެއްވާނެކަމުގެ ވައުދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަކުރާރު...

05 Apr 2024 | 06:50

ހިޔާ ފްލެޓްގެ އެންމެ ފުރަތަމަ ދާއިމީ ލިސްޓުން އުނިކުރި ފަރާތްތަކަށް މި ސަރުކާރުގެ އެންމެ ފުރަތަމަ ހައުސިން މަޝްރޫއިން ފްލެޓް ދެއްވާނެކަމުގެ ވައުދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކުރައްވައިފިއެވެ.

ރައީސް މުއިއްޒު މި ވައުދު ތަކުރާރުކުރެއްވީ މާލެ ސިޓީ، ދަފުތަރު 12152، މުހައްމަދު ސަލީމް ރައީސަށް ދެންނެވި ސުވާލަކަށް ރައީސް ދެއްވި ޖަވާބުގައެވެ.

އޭނާ ރައީސަށް ކުރެއްވި ސުވާލުގައި އަހާފައިވަނީ ރައީސް ޔާމީންގެ ދައުރުގައި ހިޔާ ފްލެޓް ލިބި، އެ ފްލެޓްތައް ނުލިބުނު ފަރާތްތަކަށް މި ސަރުކާރުގެ އެންމެ ފުރަތަމަ މަޝްރޫއަކުން ފްލެޓް ދެއްވާނެކަމުގެ ވައުދަކީ ރައީސް މުއިއްޒުގެ ވައުދުފުޅެއް ކަމުގައިވާއިރު އެ ވައުދުފުޅު ފުރިހަމަވާނީ ކޮން އިރަކުތޯ؟ އެވެ.

ޖަވާބުގައި ރައީސް ވިދާޅުވީ އެ ވައުދު ފުއްދަވާނެ ކަމަށާއި މިސަރުކާރު އެންމެ ފުރަތަމަ ފަށާ ސޯޝަލް ހައުސިން އިމާރާތް މަޝްރޫއު، އިމާރާތް ކުރުމުގެ މަޝްރޫއުގެ ދަށުން އެޅޭ ފްލެޓްތަކުން އެބޭފުޅުންނަށް ފްލެޓް ހަމަޖައްސައިދެއްވާނެކަމަށެވެ.

"އެއީ ކުރީ ސަރުކާރުން ރައީސް ޔާމިންގެ ސަރުކާރު ނިމުނު އިރުގަ ދާއިމީ ލިސްޓުގަ ހިމެނުނު ފަރާތްތައް، އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުން އޭގެ ތެރެއިން އެތައް ހާސް ބަޔަކު އެއްވެސް ހަމައެއްނެތި އުނިކޮށްލާފަވަނީ" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މި އަހަރުތެރޭގައި  އެފަދަ އާ މަޝްރޫއުތައް ހުޅުމާލޭގައްޔާއި އަދި ގުޅީފަޅާއި ގިރާވަރުގައިވެސް ފަށާނެ ކަމަށާއި އެ މަޝްރޫއުތަކުގެ ތެރެއިން މި މައްސަލަ ހައްލުވެގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް