ފުވައްމުލަކު ސިޓީގައި މިސްކިތެއް އިމާރާތް ކުރުމަށް ބަޔަކާއި ހަވާލުކޮށްފި އެވެ.
މި މަޝްރޫއު ހަވާލުކޮށްފައިވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއި އެވެ.
މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ. ދޮންބޭޒްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދެވެ.
މި މިސްކިތުގެ ނަމަކީ މަސްޖިދުލް ފަލާހް އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެއްބަސްވުމުގެ ދަށުން އެއް އަހަރު ދުވަހުގެ ތެރޭގައި މިސްކިތް އިމާރާތް ކޮށްނިންމަން ޖެހޭނެ ކަމަށެވެ.
އެއީ 400 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް