ވޭސްޓް ޓްރާންސްފާ ސްޓޭޝަނާއި އެކު ކުނީގެ މައްސަލައަށް އިންގިލާބީ ބަދަލު އަންނާނެ: ޝައުނާ

މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހަދަމުން އަންނަ ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަނާއި އެކު މި ސަރަހައްދުގެ ކުނީގެ މައްސަލައަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ތިމާވެއްޓާއި ބެހޭ މިނިސްޓަރު މަރިޔަމް ...

05 Apr 2023 | 09:56

މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހަދަމުން އަންނަ ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަނާއި އެކު މި ސަރަހައްދުގެ ކުނީގެ މައްސަލައަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ތިމާވެއްޓާއި ބެހޭ މިނިސްޓަރު މަރިޔަމް ޝައުނާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މި ސްޓޭޝަންގެ މަސައްކަތް ކުރިޔަށްދާ ގޮތުގެ މައުލޫމާތު މިއަދު ނޫސްވެރިންނަށް ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ އިމާރާތުގެ މަސައްކަތް އަންނަ ޖުލައި މަހަށް ނިންމާލެވޭނެ ކަމަށެވެ. އޭރުން މާލެ އާއި ހުޅުމާލެ އަދި ވިލިމާލެއިންް އެއްކުރެވޭ ކުނި ފުރަތަމަ ޖަމާ ކުރެވޭ ތަނަކަށް އެތަން ވާނެ އެވެ.

މިނިސްޓަރު ވިދާޅުވީ މި ސްޓޭޝަންގެ މައިގަނޑު ބޭނުމަކީ ކުނިތައް ވަކިކޮށް ތިލަފުއްޓަށް ގެންދިއުމުގެ ކުރިން އޭގެން ނުބައި ވަސް ނުދުވާނެ ގޮތް ހެދުން ކަމަށެވެ.

ބާޖުތަކުން ކުނި އުކާލުމުގެ ބަދަލުގައި، ވެއި ބްރިޖަކުން ކުނި ކިރާލުމަށްފަހު އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ވޭސްޓް ޓިޕިން ޑެކަކުން ސީދާ ކޮންޓެއިނަރަށް ކުނި އުކާލެވޭނެއެވެ. މީގެ ސަބަބުން މިހާރު ބާޖަށް އެކި ވެހިކަލްތައް އަރުވައިގެން ކުރާ މަސައްކަތް ހުއްޓޭނެއެވެ.

މި އިމާރާތާއެކު އެތަނުގައި ވެމްކޯ އާއި އެންވަޔަރަމެންޓު މިނިސްޓްރީގެ ވޭސްޓް މެނޭޖްމެންޓް ޑިމާޓްމެންޓާއި، އީޕީއޭގެ އޮފީސްގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މި އިމާރާތުގައި ކުނި ޖަމާކުރަން ހަދާ ތިން ފްލޯގެ އިމާރާތް ހުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް