ޢީދަށް ހަނދުބެލުން 20 އޭޕްރީލް ވާ ބުރާސްފަތީގައި

މިއަހަރުގެ ޝައްވާލުމަހުގެ ހަނދު ސާބިތު ކުރުން 20 އޭޕްރީލް ވާ ބުރާސްފަތި ދުވަހު އޮންނާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ. މިއަދު ޑީޖޭއޭއިން ނެރުނު އިއުލާނެ...

05 Apr 2023 | 09:01

މިއަހަރުގެ ޝައްވާލުމަހުގެ ހަނދު ސާބިތު ކުރުން 20 އޭޕްރީލް ވާ ބުރާސްފަތި ދުވަހު އޮންނާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.

މިއަދު ޑީޖޭއޭއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރަން ހަމަޖެހިފައިވަނީ މާލޭގައި ނަމަ ކޯޓެއްގެ ޤާޒީއެއް ކުރިމަތީ އަދި އަތޮޅުތެރޭ ރަށެއްގައި ނަމަ ކޯޓުގެ މެގިސްޓްރޭޓް ކުރިތީގައި ކަަމަށެވެ. މެޖިސްޓރޭޓެއް ގާއިމުވެ ނެތް ރަށެއްނަމަ ހެކިބަސް ދޭނީ އެ ވަގުތު އެ ރަށެއްގެ ރަށު ކައުންސިލް އިދާރާ ހިންގެވުމާ ހަވާލުވެހުންނެވި އިސްވެރިއެއްގެ ކުރިމަތީގައި ކަމަށް ވެސް ޑީޖޭއޭއިން ބުނއފައިވެއެވެ.

އެގޮތުން ހަނދު ސާބިތު ކުރުމަށް ހެކިބަސް ނެގުމަށް 29 ރަމަޟާން 1444 (20 އޭޕްރީލް 2023) ވާ ބުރާސްފަތި ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނާއި، މެގިސްޓްރޭޓް ކޯޓުތަކާއި، އަތޮޅު ކައުންސިލްގއ އިދާރާތަކާއި، ރަށުކައުންސިލް އިދަރާތައް ހުޅުވިފައި ހުންނާނެ ކަމަށް ޑީޖޭއޭ އިން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް