ޑރ. ނާޒް ޖޭޕީއާ ގުޅިވަޑައިގެންފި

މަޝްހޫރު ސައިކޮލޮޖިސްޓް ޑރ. އައިޝަތު އަލީ ނާޒް )ޑރ. ނާޒް) ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފިއެވެ. ޑރ. ނާޒް ޖޭޕީއަށް ސޮއި ކުރައްވާ ސޮއި ކުރެއްވި ފޯމު މިއަދު ވަނީ ޖުމްހޫރީ ޕާޓިއަށް ހުށަހަޅުއްވާފައެވެ. މ...

05 Apr 2023 | 08:01

މަޝްހޫރު ސައިކޮލޮޖިސްޓް ޑރ. އައިޝަތު އަލީ ނާޒް )ޑރ. ނާޒް) ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފިއެވެ.

ޑރ. ނާޒް ޖޭޕީއަށް ސޮއި ކުރައްވާ ސޮއި ކުރެއްވި ފޯމު މިއަދު ވަނީ ޖުމްހޫރީ ޕާޓިއަށް ހުށަހަޅުއްވާފައެވެ.

މާލޭގައި ހިންގާ ނަފްސާނީ ބަލިތަކަށް ފަރުވާ ދޭ ކްލިނިކެއް ކަމަށްވާ މިޕްސްޓާގެ ވެރިޔާ އަދި މަޝްހޫރު ސައިކޮލޮޖިސްޓް ޑރ. ނާޒް ޖޭޕީއާއި ގުޅިވަޑައިގެންފައިވާއިރު ޑރ. ނާޒަކީ މީގެ ކުރިން ސިޔާސީ މަސްރަހުން ފެނިގެންގޮސްފައިވާ ފަރާތެއް ނޫނެވެ.

ޑރ. ނާޒް ޖޭޕީއާއި ގުޅިވަޑައިގެންފައިވާއިރު މި ފަހުން ޑރ. ނާޒް އާއި ގުޅޭ ޝަކުވާތަކެއް ސޯޝަލް މީޑިއާގައި ފެންމަތިވެ އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް