ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ މީހުން ފޮނުވާލަން ޖެހެނީ އެގޮތަށް ހައްޔަރު ކުރެވޭ ގިނަ މީހުންގެ ގައިގަ ނުރައްކާތެރި ބޮޑެތި ބަލިތައް ހުންނާތީ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކުރެއްވި ސުވާލުތަކަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ އެފަދަ މީހުން ރާއްޖެ އެތެރެވުމުން ހައްޔަރުކޮށްގެން ބައިތިއްބަން ޖެހުމުން ދައުލަތުން ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ޑްރަގް އެތެރޭ ކުރާ ގިނަ މީހުންގެ ގައިގަ އާއި މިހާރު ބަންދުގައި ތިބި އެފަދަ މީހުންގެ ގައިގަ އެއިޑްސް އަދި ކިޑްނީ ފަދަ ބޮޑެތި ބަލިތައް ހުރި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މީގެ ކުރިންވެސް މިގޮތަށް އަމަލުކޮށްފައިވާކަމަށެވެ. އަދި މިހާރުވެސް އަމަލު ކުރަމުންދަނީ އެ އުސޫލުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވި ގޮތުގައި މަސްތުވާތަކެތި ހިފައިގެން ރާއްޖެ އަންނަ މީހުން އަނބުރާ ފޮނުވާލަނީ އެ މީހާގެ ކަންކަމަށް ޒިންމާވުމުގެ ބަދަލުގައި ކަމަށް އިމިގްރޭޝަނާއި ކަމްޓަމްސްގެ އޮފިސަރުން ބުނާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް