ސްމާޓް އައިލެންޑެއްގެ ގޮތުގައި ތޮއްޑޫ ތަރައްޤީ ކުރުމަށް އާރބަންކޯ އިން އެހީވަނީ

އއ. ތޮއްޑޫ ސްމާޓް އައިލެންޑެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް އަރބަންކޯއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އާބަންކޯގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، އެއްބަސްވުމުގައި އަރބަންކޯގެ ފަރާތުން ސޮއ...

05 Apr 2023 | 07:36

އއ. ތޮއްޑޫ ސްމާޓް އައިލެންޑެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް އަރބަންކޯއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އާބަންކޯގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، އެއްބަސްވުމުގައި އަރބަންކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު އާތިފެވެ. އަދި ތޮއްޑޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަޙްމަދު ކަރަމްއެވެ.

މި އެއްބަސްވުމުގެ ދަށުން ތޮއްޑޫގެ ބަނދަރު ސަރަޙައްދާއި، ފެރީ ޓަރމިނަލް ސަރަޙައްދާއި، ކަރގޯ ވެއަރހައުސްގެ އިތުރުން ރަށުގެ އާންމު ރައްޔިތުނާއި ފަތުރުވެރިން މޫދަށް އެރޭ ސަރަހައްދު ތަރައްޤީ ކުރުމަށް އަރބަންކޯއިން އެހީތެރިވެދޭނެއެވެ. ހަމައެއާއެކު ތޮއްޑޫ ސްމާޓް އައިލެންޑަކަށް ހެދުމަށް ބޭނުންވާ ކޮންސަލްޓެންސީގެ އެހީތެރިކަމާއި، އޯޕަން އެކްސެސް ނެޓްވޯކެއް ޤާއިމުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ތޮއްޑޫގައި ސްމާޓް ސޮލިއުޝަންތައް ތަޢާރަފް ކުރުމުގެ ބޭނުމަކީ، އާރބަންކޯގެ "ގޯ ބިޔޯންޑް ހުޅުމާލޭ" ޕްރޮގްރާމްގެ ދަށުން ކުދި ރަށްރަށުގެ ރައްޔިތުންނަށް ޓެކްނޮލޮޖީގެ ފަސޭހަކަން ފޯރުކޮށްދިނުންކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް