ޓްވިޓާގެ ރަސްމީ ލޯގޯ ވެބް ޕްލެޓްފޯމުގައި އޭގެ ރަސްމީ ލޯގޯ ކަމުގައިވާ ދޫނީގެ ބަދަލުގައި ކުއްތާއެއްގެ ފޮޓޯއެއް ލައިފިއެވެ.
ޓްވިޓާގެ ލޯގޯއެއްގެ ގޮތުގައި މިހާރު ލާފައިއެވާ ކުއްތާގެ ލޯގޯއަކީ ޑިޖިޓަލް ކަރަންސީއެއް ކަމުގައިވާ ޑޮޖި ކޮއިންގެ ލޯގޯއެވެ.
ޓްވިޓާގެ ލޯގޯގެ ގޮތުގައި ޑޮޖި ކޮއިން ލުމާއެކު ޑޮޖި ކޮއިންގެ އަގު މި ދެތިން ދުވަހަކު ވަރަށް މައްޗަށް އުފުލިފައިވެއެވެ. އެގޮތުން އެ ކްރިޕްޓޯ ކަރަންސީގެ އަގު ވަނީ 25 އިންސައްތަ އުފުލިފައެވެ.
ޑޮޖި ކޮއިން އާއި އިލޯން މަސްކާއި ގުޅުމެއް ވާކަމުގައި ކުރިންވެސް ވާހަކަ ދެކެވެމުން ދެއެވެ. އަދި އެ ކޮއިންގެ އަގު ދަށްވެލާއިރު އިލޯން މަސްކުގެ ޓްވީޓަކުން އަގު އަރުވާލާ ފަހަރުވެސް މަދު ނޫންކަމަށް ދަށްކައެވެ. އެހެން ނަމަވެސް ޓްވިޓާ ފަދަ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްގެ ލޯގޯގެ ބަދަލުގައި ޑޮޖި ކޮއިންގެ ލޯގޯ ލުމުން އިލޯނަށް މިވަނީ ފާޑުކިޔުންވެސް އަމާޒުވެފައެވެ.
އެގޮތުން ފާޑުކިޔާ ފަރާތްތަކުން ބުނަނީ މިކަމުން ދޭހަވަނީ ފައިސާއަށްޓަކައި އިލޯން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެކަން ކަމަށާއި ޓްވިޓާފަދަ ބޮޑު ޕްލެޓްފޯމަކަށް އެފަދަ ތާކުންތާކު ނުޖެހޭފަދަ ބަދަލެއް ހަމަ އެކަނި އިލޯން ބޭނުންވާއިރަށް ގެނެވިގެން ނުވާނެ ކަމަށެވެ. އަދި އިލޯން ޓްވިޓާ ބޭނުން ކުރަމުން އަންނަނީ އޭނާ ކުޅެން ބޭނުންކުރާ "ޓޯއީ"އެއްގެ ގޮތުގައި ކަމުގައިވެސް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް