މި ރޯދަމަހުގެ ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 1.3 މިލިޔަން ރުފިޔާ ލިބިފައިވާކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިހެން ބުނެފައިވަނީ ފުރަތަމަ 10 ދުވަހުގެ ތަފާސް ހިސާބު ހާމަކޮށް ކޮށްފައިވާ ޓްވީޓެއްގައެވެ.
އެ ތަފާސް ހިސާބުގައި ބުނެފައިވަނީ މިހިނގާ 1444 ވަނަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް 1،310،160 ރުފިޔާ ލިބިފައިވާ ކަމަށެވެ.
ފާއިތުވި ރަމަޟާންމަހު ފުރަތަމަ 10 ގައި ޒަކާތުގެ ގޮތުގައި 1،092،547 ރުފިޔާ ލިބިފައިވާއިރު އޭގެ ކުރީ އަހަރު ރޯދައިގެ ފުރަތަމަ 10ގައި ލިބިފައިވަނީ 977،301 ރުފިޔާއެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޒަކާތް ބަލައިގަތުން މިނިސްޓްރީގެ ހޯލުންވެސް ކުރިއަށްގެންދާނެއެވެ. މި އިންތިޒާމު ހަމަޖެހިފައިވަނީ އުމުރުން ދުވަސްވެފައިވާ ފަރާތްތަކަށާއި އޮންލައިންކޮށް ޒަކާތްދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ފިތުރު ޒަކާތް ބަލައިގަންނަން ފަށާފައިވާއިރު އޭޕްރީލް މަހުގެ 18 ވަނަ ދުވަހާ ހަމައަށް ޒަކާތް ބަލައިގަންނަމުން ގެންދާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ފިޠުރު ޒަކާތް ބަހާނީ ރަމަޟާންމަހުގެ 29 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. ފިޠުރު ޒަކާތް ބަހާނީ ފަޤީރުންގެ ލިސްޓުގައިވާ މީހުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް