ލ.ގަން ކައުންސިލް ތުނޑީ ރަމަޟާން ފުޓްސަލް ކަޕްގެ ގުރޫޕް އޭގެ މެޗުތައް ރޭގައި ކުޅެ ނިމުނުއިރު، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގަތައް ކަށަވަރުކުރި ޓީމުތަކަކަށް ސެންޓްރަލް އޭރިއާ ކޮމާންޑާއި ބްރޭވް ޖެނެރޭޝަން ސްޕޯޓްސް ކުލަބު ވެއްޖެއެވެ.
ހަތަރު ޓީމު ހިމެނޭ ގުރޫޕު އޭގައި ލައްވާލި މި ދެޓީމުގެ ތެރެއިން ސެންޓްރަލް އޭރިއާ ކޮމާންޑް މުބާރާތުގެ ކުޢާޓާ ފައިނަލަށް ދިޔައީ އެޓީމުން ގްރޫޕް ސްޓޭޖުގައި ކުޅުނު ތިންމެޗުންވެސް މޮޅުވެ ޖުމުލަ ނުވަ ޕޮއިންޓް ހޯދައިގެން އެއްވަނަ ޓީމުގެ ގޮތުގައެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރޭ އެޓީމުން ވާދަކުރީ ލާމު ޔޫތް މޫވްމަންޓާއެވެ. މި މެޗު 0-5 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ސެންޓްރަލް އޭރިއާ ކޮމާންޑުންނެވެ.
އަދި ބްރޭވް ޖެނެރޭޝަން ސްޕޯޓްސް ކުލަބް މުބާރާތުގެ ކުއާޓާއަށް ދަތުރުކުރީ އެޓީމުން ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ހަ ޕޮއިންޓް ހޯދައިގެން ދެވަނަ ޓީމުގެ ގޮތުގައެވެ. މި ގުރޫޕުން ތިންވަނަ ލިބުނު ލާމު ޔޫތް މޫވްމަންޓާއި އަދި އެއްވެސް ޕޮއިންޓެއް ނުލިބި އެންމެ ފުލުގައި އޮތް އައިޑަލްސްއަށް މިހާރު ވަނީ މުބާރާތް ނިމިފައެވެ.
ރޭގައި ގްރޫޕު ބީގެ މެޗުތައް ވެސް ކުޅެ ނިމުނުއިރު، އެ ގުރޫޕުން މުބާރާތުގެ ކުއާޓާ ފައިނަލުގެ ދެ ޖާގަ ކަށަވަރު ކުރީ އަދިރިއަންސް އާއި އައުޓްރީފް ސްޕޯޓްސް ކުލަބުންނެވެ. އައުޓްރީފަށް މި ގުރޫޕޮގެ އެއްވަނަ ލިބުނީ ރޭ ފަހު މެޗުގައި ފޮއެމައްޗާއި ވާދަކޮށް 0-8 އިން މެޗު ކާމިޔާބު ކޮށްގެންނެވެ. އަދި އަދިރިއަންސް ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ކުއާޓާއަށް ދަތަުރުކުރީ ރޭ ފަހު މެޗުގައި ރަސްހިންނެ އެސްސީއާއި ވާދަކޮށް 2-3 އިން މެޗު ކާމިޔާބު ކޮށްގެންނެވެ.
ގުރޫޕް ބީ ގެ އެއްވަނަ ލިބުނު އައުޓްރީފާއި އަދި ދެވަނަ ލިބުނު އަނދިރިއަންސް އަށް ވެސް ޕޮއިންޓް ލިބިފައިވަނީ އެއްވަރަކަށެވެ. އެއީ ކޮންމެ ޓީމަކަށް ވެސް ހަތް ޕޮއިންޓެވެ. ނަމަވެސް އައުޓްރީފަށް އެއްވަނަ ލިބުނީ ފައިދާ ގޯލުގެ ފަރަކުންނެވެ.
މިރޭ ކުޅޭ މެޗުތައް
21:30 ރަސްހިންނެ ޑިޓްރޮއިންޓްސް - މަތިވަރު ޖޭއާރު
22:30 ކަންމަތި އެސްސީ - ފޮއެމަތި
23:30 ޑީކޭއެންޒެޑް - ރަސްހިންނެ ފަލްކޮން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް