އަވައްޓެރި އިންޑިއާގައި އަނެއްކާވެސް ކޯވިޑް-19 ގެ ހާލަތު ގޯސްވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އެ ގައުމުގެ ޔޫނިއަން ހެލްތް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުުތަކާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އިއްޔެ އެ ގައުމުން4،435 މީހުންނަށް ކޯވިޑް ޖެހިފައިވާ ކަމަށެވެ. އެއީ އޭގެ ކުރީ ދުވަހާއި އަޅާ ބަލާއިރު46 ޕަސެންޓު އިތުރު އަދަދެކެވެ.
ހޯމަ ދުވަހު ބަލި ޖެހިފައިވަނީ3،038 މީހުންނަށެވެ. މި އަދަދުތަކާއި އެކު އެގައުމުގައި މިވަގުތު ކޯވިޑް އެކްޓިވް ކޭސްތަކުގެ އަދަދަކީ23،091 މީހުންނެވެ.
އެންމެ ގިނަ މީހުންނަށް ކޯވިޑް ޖެހޭ ކަމަށް ރިޕޯޓު ކުރަމުންދަނީ ކެރެލާ ސްޓޭޓުންނެވެ. ދެވަނައަށް މަހާރާޝްޓްރާ ސްޓޭޓެވެ.
އިންޑިއާ ސަރުކާރުން ބުނީ ހާލަތު ގާތުން މޮނިޓާ ކުރަމުންދާ ކަމަށާއި ފިޔަވަޅު އަޅަން ފަށާނީ އިތުރަށް ބެލުމަށް ފަހު ކަމަށެވެ.
އެ ގައުމުގައި ކޯވިޑް ކޭސްތައް އިތުރުވާން ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެންނެވެ. އެ ދުވަހު ވަނީ ހަ މަހަށް ފަހު ކުއްލިއަކަށް ބަލި ޖެހުނު އަދަދު40 ޕަސެންޓަށް އަރާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް