ބޭނުންވާނެ ތަކެތި
- 150 ގުރާމު ކަނަމަދު (ކައްޗަށް ކޮށާފައި)
- 150 ގުރާމު ހަކުރު (މިކްސްޗަރުން މުގުރާފައި)
- 150 ގުރާމު ފުށް
- 1 މޭޒުމަތީސަމުސާ ބޭކިން ޕައުޑަރު
- 1 ސައިސަމުސާ ވެނީލާ އެސެންސު
- 2 ކުކުޅު ބިސް
- 1 މޭޒުމަތީސަމުސާ މާޖިރީން
- ½ ޖޯޑު ލެކުނޯ މިލްކް ނުވަތަ ޑަޗް ލޭޑީ މިލްކް
ހައްދަވާނެގޮތް
ފުށާއި ބޭކިން ޕައުޑަރު އެއްކޮށްފައި ފުރާނާލާށެވެ. ދެން މާޖިރީނާއި، ބިހާއި، ހަކުރު އެއްކޮށްފައި ހޭންޑް މިކްސަރަކުން ގިރާލުމަށް ފަހު ފުށާއި، ކިރު ފޮދު އަޅާލާށެވެ. އެ އަށް ފަހު، އަނެއްކާ ވެސް ގިރާލާށެވެ. ރަނގަޅަށް ގިރުމުން ކަނަމަދާއި ވެނީލާ އެސެންސު އެޅުމަށް ފަހު، ދެން ސަމުސަލަކުން ރަނގަޅަށް އެއްކޮށްފައި، ޓްރޭއަކަށް (ފުލުގައި ތެޔޮފޮދެއް ހާކާފައި) އެޅުމަށް ފަހު ފިހެލާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް