ގަލޮޅު ފުޓުބޯޅަ ދަނޑު ތަރައްގީ ކުރުމަށް ނިންމި އިރު މާލޭ ސިޓީ ކައުންސިލާއި މަޝްވަރާ ނުކުރާތީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ނުރުހުން ފާޅު ކުރައްވައިފި އެވެ.
ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑު ތަރައްގީ ކުރަން ނިންމާފައިވާ ގޮތުގެ ތަފްސީލާއި އެކު ކުރެހުންތައް ހިއްސާ ކުރައްވާފަ އެވެ.
މި ޓުވީޓަސް ރައްދު ދެއްވައި މުއިްޒު ވަނީ ދަނޑު ތަރައްގީ ކުރަން ނިންމި އިރު މާލޭ ރައްޔިތުން ކައިރީ އަދި ހާއްސަކޮށް ގަލޮޅު ރައްޔިތުންގެ ކައިރީ އެހިންތޯ ސުވާލު ކުރައްވާފަ އެވެ. މުއިއްޒު ވިދާޅުވީ މި މަޝްރޫއު ކުރިޔަށް ގެންދަނީ އެ ކައުންސިލާއިވެސް އެއްވެސް މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ.
އިތުރަށް ވިދާޅުވީ މި ސަރުކާރުން މަތިން ތިރިއަށް ތަރައްގީ ގެންނަ ހަމަޔަކީ ރައްޔިތުންނާއި ބީރައްޓެހި ނަހަމަ ގޮތެއް ކަމަށެވެ.
https://twitter.com/MMuizzu/status/1511376137330774024
މި މަޝްރޫއު އާއި ގުޅޭގޮތުން މަހުލޫފު ވިދާޅުވީ ގަލޮޅު ދަނޑު ތަރައްގީ ކުރުމަށް ނިންމާފައިވަނީ މިހާރުގެ ދަނޑު އެއްކޮށް ތަޅާލުމަށް ފަހު ކަމަށެވެ. އެ މަސައްކަތް ކުރަނީ އިންޑިއާގެ އެލްއޯސީގެ ދަށުން ބަޖެޓު ކުރެވިގެން ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް އިންޑިއާ އިން ދޭ 40 މިލިއަން ޑޮލަރުގެ ލޯން އެހީގެ ތެެރެއިން ގަލޮޅު ދަނޑުގެ ތަރައްގީއަށް ހަރަދުކުރަން އަންނަ އަހަރުގެ ބަޖެޓްގައި 45 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. އަދި 2023 ވަނަ އަހަރުގެ ބަޖެޓްގައި 10 މިލިއަން ރުފިޔާ ވަނީ ގަލޮޅު ދަނޑުގެ ތަރައްގީ އަށް ހިމަނައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް