ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެތޯ ބަލަން އިމްރާން މަޖިލީހަށް ހާޒިރު ކުރަނީ

މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެތޯ ބަލަން ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ، ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރަން ހުށަހަޅައިފި އެވެ. މިކަމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ އ...

05 Apr 2022 | 18:45

މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެތޯ ބަލަން ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ، ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރަން ހުށަހަޅައިފި އެވެ.

މިކަމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގެވެ.

ތޯރިގު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުން މަރަން ހުކުމް ކޮށްފައިވާ މީހުންގެ މަރުގެ އަދަބު ތަންފީޒު ކުރުމާ މެދު މި ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ ބެލުމަށް އެދިވަޑައިގެންނަވާ ކަމަށެވެ. އަދި ޝަރުއީ ހުރިހާ މަރުހަލާއެއް ފުރިހަމަވެފައިވާ މީހުންނަށް މަރުގެ ހުކުމް އިއްވާނެތޯ ސުވާލު ކުރަން ހުށަހަޅުއްވާފައިވެ އެވެ.

ތޯރިގު އެދިވަޑައިގެންފަ ވަނީ ރޯދަ މަހުގެ ފުރަތަމަ10 ނިމުމުގެ ކުރިން މަޖިލީހަށް އިމްރާން ހާޒިރުކޮށްދެއްވުމަށެވެ.

https://twitter.com/AhmedThaariq/status/1511356548890517516

ރާއްޖޭގައި މިވަގުތު މަރުގެ ހުކުމް ތަންފީޒު ކުރަން ޖެހޭ ތިން މީހުން އެބަތިއްބެވެ. އެއީ ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމް އަހުމަދާއި ވަކީލް މުހައްމަދު ނަޖީބުގެ ގާތިލް އަހުމަދު މުއްރަތުގެ އިތުރުން ސ. ހުޅުދޫ ލިލިމާގޭ އަބްދުﷲ ފަރުހަދުގެ ގާތިލް މުހައްމަދު ނަބީލެވެ.

2016 ވަނަ އަހަރު މަރުގެ ހުކުމް އިއްވާފައިވާ މި މީހުންނާއި މެދު ވަކި ގޮތަކަށް އަމަލު ކުރުމަށް މިހާތަނަށް ނިންމާފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް