ދިވެހިރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިސާމް އަލީ މަގާމުން އިސްތިއުފާދެއްވައިފި އެވެ.
ފޮރިން މިނިސްޓްރީން ވަނީ ވިސާމް މަގާމުން އިސްތިއުފާ ދެއްވިކަން ޔަގީންކޮށްދީފަ އެވެ. އެކަމަކު އިސްތިއުފާ ދެއްވި ސަބަބެއް އަދި މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވަނީ އެކަމަނާގެ ސަފީރުކަމުގައި ކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާ ކުރައްވާފަ އެވެ. އަދި އެކަމަނާއަށް ފާގަތި މުސްތަގުބަލަކަށް އެދިވަޑައިގެންފަ ވެއެވެ.
https://twitter.com/abdulla_shahid/status/1511351211169140739
ވިސާމް އެ މަގާމަށް އައްޔަން ކުރެއްވީ 2019 ވަނަ އަހަރު އެވެ. ކުރިން ޑީއާރުޕީގައި ހުންނެވުމަށް ފަހު އެކަމަނާ އާއި ފިރިކަލުން އަދި ކުރީގެ ކެންދޫ ދާއިރާގެ މެމްބަރު އަހުމަދު ތަސްމީން އަލީ ވަނީ އެމްޑީޕީ އާއި ގުޅިވަޑައިގެންފަ އެވެ.
ވިސާމް ވަނީ ކުރިން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރުކަން ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް