ޖަރުމަނުވިލާތުގައި އުމުރުން 60 އަހަރުގެ ފިރިހެނަކު ވެކްސިން ކާޑު ވިއްކުމުގެ ނިޔަތުގައި ކޮވިޑު ވެކްސިންގެ 90 ޑޯޒް ޖަހައިފިއެވެ.
އޭނާ ވެކްސިންގެ 90 ޑޯޒު ޖަހާފައި ވަނީ އަމިއްލަ އަށް ވެކްސިން ޖަހަން ބޭނުން ނުވާ މީހުންނަށް އަސްލު ވެކްސިން ބެޗް ނަމްބަރުތަކެއް ހިމެނޭ ވަގު ވެކްސިން ކާޑުތަކެއް ވިއްކުމުގެ ބޭނުމުގައެވެ.
ޖަރުމަނުގެ އިރުމަތީ ސިޓީއެއް ކަމަށްވާ މެގްޑެބާގްގެ އިން މި މަހު ފުލުހުން އޭނާ އަތުލައިގަތުމާ ހަމައަށް ސެކްސަންޔާގެ އިރުމަތީ ސްޓޭޓްގެ ވެކްސިން ސެންޓަރުތަކުގައި ކޮވިޑް-19އާ ދެކޮޅަށް 90 ޝޮޓް ޖަހާފައިވާ ކަމަށް ޖަރުމަނުގެ ނޫހެއް ކަމަށްވާ ޑީޕީއޭ އިން އާދީއްތަ ދުވަހު ރިޕޯޓް ކޮށްފައި ވެއެވެ.
ޑީޕީއޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
އޭނާ އަތުލައިގަތީ ސަކްސަންޔާގެ އައިލެންބާގްގައި ހުންނަ ވެކްސިން ސެންޓަރެއްގައި ޖެހިޖެހިގެން ދެވަނަ ދުވަހު ކޮވިޑް ވެކްސިންޖެހުމަށް ކިއުގައި ހުއްޓައެވެ.
ފުލުހުން ވަނީ އޭނާގެ އަތުން ގިނަ ހުސް ވެކްސިން ކާޑުތަކެއް އަތުލައި ޖިނާއީ އިޖުރާއަތްތައް ފަށާފައެވެ.
އެކި ބްރޭންޑްތަކުގެ ވެކްސިންތައް ހިމެނޭ ކޮވިޑް ވެކްސިންގެ 90 ޝޮޓް ޖެހުމުގެ ގެ ސަބަބުން އޭނާގެ އަމިއްލަ ސިއްހަތަށް ކުރީ ކޮން އަސަރެއް ކަމެއް އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ.
ފާއިތުވެދިޔަ މަސްތަކުގައި ވެކްސިން ޕާސްޕޯޓް ފޯޖަރީ ކުރި މައްސަލައާ ގުޅިގެން ޖަރުމަނުގެ ފުލުހުން ވަނީ ގިނަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ.
ޖަރުމަނުވިލާތުގައި ތަރުކާރީ ވިއްކާ ފިހާރަތަކާއި ގިނަ ތިއޭޓަރުތަކުގައި ކޮވިޑުން ދިފާޢުވުމަށް ބޭނުުންކުރާ މާސްކު އެޅުން މިހާރު މަޖުބޫރު ނޫން ނަމަވެސް އާންމު ދަތުރުފަތުރުތަކުގައި އަދިވެސް ވަނީ މާސްކު އެޅުން މަޖުބޫރުކޮށްފައެވެ
ޖަރުމަނުވިލާތުގައި އެންމެ ފަހުން އިންފެކްޝަން ތައް ފެތުރެން ފެށި ބީއޭ.2 އޯމައިކްރޯން ސަބްވޭރިއަންޓްއެވެ.
އަދި އިންފެކްޝަން ގެ އަދަދު އެންމެ މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ.
ޖަރުމަނުގައި ކޯވިޑް-19 އަށް އަލަށް 74،053 މީހުން ޕޮޒިޓިވްވެފައިވާއިރު، މީގެ ހަފްތާއެއްހާ ދުވަސްކުރިން ދުވާލެއްގެ މައްޗަށް 111،224 މީހުންނަށް ވަނީ ބަލިޖެހި 111،224 މީހުން ބަލިން ފަސޭހަވެފައެވެ
މުޅި ޖަރުމަނުވިލާތުގައި މިހާތަނަށް 130،029 މީހުން ވަނީ ކޯވިޑް-19 ޖެހި 130،029 އެބަލީގައި މަރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް