ރޮޒައިނާގެ ހޫނު ރައްދެއް އާޒިމަށް!

މަގާމެއް ނުލިބުމުން ސަރުކާރަށް ހިތު ހުރިހާ އެއްޗެއް ގޮވަން ނުޖެހޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމް، މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ މެ...

05 Apr 2022 | 08:52

މަގާމެއް ނުލިބުމުން ސަރުކާރަށް ހިތު ހުރިހާ އެއްޗެއް ގޮވަން ނުޖެހޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމް، މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމަށް ފާޑު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިޔަށްދާ މަޖިލީހުގައި ރޮޒައިނާ، އާޒިމަށް ފާޑުވިދާޅުވެފައިވަނީ އެކި ސަރުކާރުތަކުން އުފައްދާފައިވާ 36 ކުންފުންޏެއް ހިންގާ އިރު، އޭގެ ތެރެއިން ރައްޔިތުންނަށް ހިދުމަތެއް ދޭން ތިބީ އެންމެ 10 ކުންފުނިން ކަމަށް އާޒިމް ވިދާޅުވުމާއި ގުޅިގެނެވެ. އަދި ބާކީ އޮތް 26 ކުންފުންޏަކީ އެއްވެސް މަސައްކަތެއް ނުކުރާ ބޭކާރު ކުންފުނިތަކެއް ކަމަށް އާޒިމު ވަނީ ވިދާޅުވިއެވެ. އަދި މި ކުންފުނިތައް އުވާލަން ޖެހޭކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމު ވަނީ މިއީ ވަކި މީހަކަށް ނުވަތަ ވަކި ސަރުކާރަކަށް އަމާޒުކޮށް ދައްކާ ވާހަކައެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި މި ސަރުކާރުން ވެސް "ހިންގާލަން" 12 ކުންފުންޏެއް އުފައްދާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކުންފުނިތަކާ ބެހޭ ބިލްގެ ބަހުސްގައި ރޮޒެއިނާ ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީން މިހާރު ވެސް ގިނަ މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ކޮވިޑްގެ ހާލަތުން އަރައިގަނެވުނީ ވެސް އެ މިނިސްޓްރީގެ ދުރު ވިސްނޭ ސިޔާސަތުގެ ސަބަބުން ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ކޮވިޑްގެ ހާލަތުގައި ވިޔަފާރިތަކަށާއި ވަޒީފާތައް ގެއްލުނު މީހުންނަށް ދިން އެހީ އާއި ރިސޯޓްތައް އޮޕަރޭޝަނަށް ގެނެވުނީ ވެސް މިނިސްޓްރީގެ މިންނެތް މަސައްކަތުން ކަމަށް ވެސް އޭނާ ވިދާލުވިއެވެ.

އާޒިމަށް އަމާޒުކޮށް ރޮޒައިނާ ވިދާޅުވީ މަގާމެއް ނުލިބުމަކީ ކޮންމެ ދުވަހަކު ހެނދުނު ތެދުވެ ސަރުކާރަށް ހިތު ހުރި އެއްޗެއް ގޮވުމެއްނޫން ކަމަށެވެ. އަދި 65 ގޮނޑި އެމްޑީޕީއަށް ރައްޔިތުންގެ ވޯޓުން ދިނީ ސަރުކާރަށް އެއްބާރުލުން ދިނުންމަށާއި މަގާމަށް ނުހޮވުނީމަ ދެން ތިބި މީހުނަށް ވަރުބާލާކަށް ނުޖެހޭކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.

ކުންފުނިތަކުން މަސައްކަތްނުކުރައްވާކަމަށް އާޒިމު ވިދާޅުވުމުން ރޮޒައިނާ ވަނީ އާޒަމުގެ އަރިހުން ކަންކަން ނުކުރާ ކަމަށް ބުނުމުގެ ބަދަލުގައި ރަނގަޅަށް މައުލޫމާތު ހޯދައިގެން މައުލޫމާތު ދިނުމަށް ބުނެފައެވެ. އެއާއެކު އެގްރޯ ކުންފުނިން މިހާރު ވެސް 44 ރަށެއްގައި 717 ދަނޑުވެރިންނާއެކު މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް