ދައުލަތުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއިން ލުނބޯ ގެނެސް ހެޔޮ އަގުގައި ވިއްކަން ފެށި ނަމަވެސް މާރުކޭޓުގެ ގޮޅިތަކުގައި ހަމަ ބޮޑު އަގުގައި ވިއްކަމުން ވިއްކަމުން އެބަގެންދެއެވެ.
އެގޮތުން މިހާރުވެސް މާރުކޭޓު ގޮޅިތަކުގައި ލުނބޯ ކިލޯއެއް ވިއްކަނީ 90 ރުފިޔާއަށް ނޫނީ 100 ރުފިޔާއަށެވެ.
މި އަގުގައި މާރުކޭޓު ގޮޅިތަކުގައި ލުނބޯ ވިއްކަމުން އަންނައިރު މި ރޯދަމަސް ފެށުނު އިރުވެސް ލުނބޯގެ އަގު ހުރީ ވަރަށް މަތީގައެވެ. އެގޮތުން އިއްޔެއާއި ހަމައަށް ލުނބޯ ކިލޯއެއްގެ އަގު 120 ނޫނީ 130 އަށް އަރައިގެން ދިޔައެވެ.
އެހެންނަމަވެސް އެސްޓީއޯއިން ލުނބޯ މިހާރު ހެޔޮ އަގުގައި އަންނަނީ ވިއްކަމުންނެވެ. އެގޮތުން އެސްޓީއޯގެ ޕީޕަލްސް ޗޮއިސް އާއި އެގްރިސެންޓަރުން ލުނބޯ ކިލޯއެއް 45 ރުފިޔާއަށް މިއަދުން ފެށިގެން ވިއްކަމުންދާނެކަމުގައި އެސްޓީއޯއިން ބުނެއެވެ. އަދި ޕީޕަލްސް ޗޮއިސް އިން މީހަކަށް ކިލޯއެއް އަދި އެގްރިސެންޓަރުން މީހަކަށް ތިން ކިލޯގެ މަގުން ވިއްކާނެކަމުގައިވެސް އެސްޓީއޯއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް