ހިޔާ ފްލެޓްތަކުގެ ކުލި ބަލައިގަތުން މައި އޮފީހާއި ޕޯޓަލްއިން!

ހިޔާ ފްލެޓްތަކުގެ ކުލި ބަލައިގަންނާނީ މައި އޮފީހާއި ޕޯޓަލްއިންކަމަށް އެޗްޑީސީން މިއަދު ބުނެފިއެވެ. ކުލި ނުނަގާ ހަތް މަސް ވޭތު ވުމަށްފަހު، މި މަހުން ފެށިގެން ހިޔާގެ ކުލި ނަގަން ފަށާނެ ކަން ހާމަކޮށް އެޗ...

05 Apr 2022 | 08:28

ހިޔާ ފްލެޓްތަކުގެ ކުލި ބަލައިގަންނާނީ މައި އޮފީހާއި ޕޯޓަލްއިންކަމަށް އެޗްޑީސީން މިއަދު ބުނެފިއެވެ.

ކުލި ނުނަގާ ހަތް މަސް ވޭތު ވުމަށްފަހު، މި މަހުން ފެށިގެން ހިޔާގެ ކުލި ނަގަން ފަށާނެ ކަން ހާމަކޮށް އެޗްޑީސީން މިއަދު ބުނީ، އެޗްޑީސީގެ މައި އޮފީހުގައި ހުންނަ ކަލެކްޝަން ސެންޓަރަށް ގޮސްގެން ފައިސާ ދެއްކޭނެ ކަމަށާއި، އޮންލައިންކޮށް ފައިސާ ދެއްކޭނީ، އެ ކޯޕަރޭޝަންގެ 'މައިހުޅުމާލެ' ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

މީގެ އިތުރުން ޕޯޓަލްއިން ފައިސާ ދައްކާނަމަ، އީފާސް މެދުވެރިކޮށް ލޮގިން ވުމަށްފަހު، ފައިސާ ދެއްކުމަށް ވަންނަން ޖެހޭނީ ފައިނޭންސް ޕޯޓަލްއަށެެވެ.

އެއަށްފަހު ފައިސާ ދައްކަން ބޭނުންވާ ފްލެޓެއް ޚިޔާރު ކުރުމަށްފަހު، ދައްކަން ބޭނުންވާ ފައިސާގެ އަދަދު ޖަހައި، ބޭނުންވާ ޕޭމަންޓް މޮޑެލްއެއް ޚިޔާރުކޮށް، ފައިސާ ދައްކާނީއެވެ.

ހިޔާ ފްލެޓަށް މަހަކު ދައްކަން ޖެހޭނީ ކުލީގެ 7،500 ރުފިޔާއާއި މެއިންޓެނަންސް ފީގެ 1،000 ރުފިޔާ ހިމެނޭހެން 8،500 އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް