ކަނޑޫދޫ މިރުހުގެ އަގު އުފުލެން ފަށައިފި

ދިވެހިންގެ މެދުގައި މަގްބޫލު ކަނޑޫދޫ މިރުހުގެ އަގު އުފުލެން ފަށައިފިއެވެ. މި ރޯދަމަސް ފެށުނު އިރު ކަނޑޫދޫ މިރުސް އެންމެ އަގުބޮޑުކޮށްވެސް 100 ގްރާމް 70 ރުފިޔާއަށް ލިބެން ހުރި އިރު މިހާރު 100 ގްރާމް ލިބ...

05 Apr 2022 | 08:26

ދިވެހިންގެ މެދުގައި މަގްބޫލު ކަނޑޫދޫ މިރުހުގެ އަގު އުފުލެން ފަށައިފިއެވެ.

މި ރޯދަމަސް ފެށުނު އިރު ކަނޑޫދޫ މިރުސް އެންމެ އަގުބޮޑުކޮށްވެސް 100 ގްރާމް 70 ރުފިޔާއަށް ލިބެން ހުރި އިރު މިހާރު 100 ގްރާމް ލިބެނީ 85 ރުފިޔާއަށެވެ. ކިލޯއެއް ނަގާނަމަ 750 ނޫނީ 800 ރުފިޔާއަށެވެ.

ކަނޑޫދޫ މިރުސް އަގު މަޑުމަޑުން އުފުލެމުން އަންނައިރު މިހާރު މާރުކޭޓުގައި މި މިރުސް އަންނަނީ ތިޔާގިވެސް ވަމުންނެވެ. ރޯދަމަހުގެ ފުރަތަމަ ދުވަހު ދަތުރުވެރިންގެ މާރުކޭޓު ގޮޅިތަކުގެ ތެރެއިން މިރުސް ލިބެން ހުރީ މަދު ގޮޅިތަކެއްގައެވެ. ނަމަވެސް މިހާރު ގިނަ ގޮޅިތަކަކުން ކަނޑޫދޫ މިރުސް ލިބެން ހުއްޓެވެ.

ކަނޑޫދޫ މިރުހުގެ އަގު މަޑުމަޑުން އުފުލެމުން އަންނައިރު މިދިޔަ އަހަރުގެ ރޯދަމަހު ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު 1200 އިން މައްޗަށްވެސް ދިޔައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް