ނަޝީދުގެ ކަންބޮޑުވުމަކަށްވީ ކޮމިޓީތަކުގެ މަސައްކަތް ލަސްވާތީ

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ލަސްވުމުގެ ކަންބޮޑުވުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ފާޅުކުރައްވައިފިއެވެ. މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ނަޝީދުވަނީ ކިމިޓީތަކުގެ ...

05 Apr 2022 | 07:51

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ލަސްވުމުގެ ކަންބޮޑުވުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ފާޅުކުރައްވައިފިއެވެ.

މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ނަޝީދުވަނީ ކިމިޓީތަކުގެ މަސައްކަތްތައް ލަސްވާކަމަށް ވިދާޅުވެ މިވަގުތު 25އެއްހާ ބިލުގެ މަސައްކަތް މަޖިލީހުގެ ކޮމިޓީގައި އެބައޮތްކަމަށް ވިދާޅުވެފައެވެ.

އަދި މި މަސައްކަތްތަކުގެ ސްޕީޑު ހަލުވި ކުރުމަށް ހުރިހާ މެންބަރުން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުގެ އެކިއެކި ކޮމިޓީތަކުގައިވާ ބިލްތަކުގެ މުއްދަތު ކުޑަކޮށް މަދުކުރުމަކީ ހުރިހާ މެންބަރުންގެ ވެސް އަމާޒަކަށް ވާނެކަމަށެވެ.

އެގޮތުން ނުނިމިވާ ބިލުތައް ނިންމާލެވޭނޭފަދަ ވިސްނުމެއް މެމްބަރުން ގެންގުޅުއްވުމަކީ ބޭނުންތެރި ކަމެއްކަމަށް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް