އެންމެ މަތިވެރިވެގެންވާ ބުއިން ކަމަށްވާ ޒަމްޒަމް ފެނުގެ ޑިމާންޑު އިތުރުވުމުން ދުވާލަކު ފެން ފުޅީގައި ބަންދު ކުރާ އަދަދު ކިންގް އަބްދުﷲ ބިން އަބްދުލް އަޒީޒު ޕްރޮޖެކްޓު ފޯ ޒަމްޒަމް ވޯޓާ ޑިސްޓްރިބިއުޓުން އިތުރުކޮށްފި އެވެ.
މާތްވެގެންވާ ދެ މިސްކިތް ބަލަހައްޓާ ޕްރެސިޑެންސީ އޮފީހުގެ ފަރާތުން ބަލަހައްޓާ މި ޕްރޮޖެކްޓުގެ މަގުސަދަކީ ބޭނުންވާ މީހުންނަށް ބޭނުންވާ ވަރަށް ރޯދަ މަހު ޒަމްޒަމް ފެން ފޯރުކޮށްދިނުމެވެ.
މި ޕްރޮޖެކްޓުގެ ދަށުން އިއްޔެއިން ފެށިގެން ކޮންމެ ދުވަހަކު ފަސް ލީޓަރުގެ ދެ ލައްކަ ޒަމްޒަމް ފެންފުޅި އެ ފެކްޓްރީން ބަންދު ކުރާނެ އެވެ. އަދި އެތަނުގައި އެ ސައިޒުގެ ދެ މިލިއަނަށްވުރެ ގިނަ ފުޅި ރައްކާކޮށްފައި ބެހެއްޓޭނެ ޖާގަވެސް ތައްޔާރުކޮށްފައިވެ އެވެ.
ކޮންމެ އަހަރަކު ރަމަޟާން މަހާއި ދިމާކޮށް ސައުދީން ގައުމުތަކަށް ޒަމްޒަމް ފެން ހަދިޔާ ކުރެ އެވެ. އަދި އެގައުމަށް އުމްރާއަށް ދާ މީހުންނަށާއި ހައްޖު މޫސުމުގައި ދާ މީހުންނަށްވެސް ޒަމްޒަމްފެން ހަދިޔާ ކުރެ އެވެ.
އެކަމަކު މިފަހުގެ އަހަރުތަކުގައި ޑިމާންޑާއި އެއްވަރަށް ފޯރުކޮށް ނުދެވޭތީ މީހުންނަށް ފެން ދޫކުރަމުންދަނީ ލިމިޓުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް