ސްމޯކިން އޭރިއާ ހަދަން ފިޔަވާ ހުރިހާ ކަމަކަށް ސަރުކާރަށް އެއްބާރުލުން ދެން: މުއިއްޒު

މާލޭ ސިޓީ ކައުންސިލުން ސަރުކާރަށް އެއްބާރުލުން ނުދެނީ އެންމެ ކަމެއްގައި ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. މުއިއްޒު މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައި އެވެ. އެ ޓުވ...

05 Apr 2022 | 07:36

މާލޭ ސިޓީ ކައުންސިލުން ސަރުކާރަށް އެއްބާރުލުން ނުދެނީ އެންމެ ކަމެއްގައި ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައި އެވެ.

އެ ޓުވީޓުގައި ހިމަނާފައިވަނީ ވިލިމާލޭގައި ފެންސުތަކެއް ޖެހުމުގެ މަސައްކަތް ކައުންސިލްގެ މުވައްޒަފުން ކުރަމުންދާ ފޮޓޯތަކެކެވެ. އެ ފޮޓޯ އާއި އެކު ވިދާޅުވެފައިވަނީ ތިލަމާލޭ ބްރިޖުގެ މަސައްކަތަށް ސަރުކާރުން އެދިގެން ސިޓީ ކައުންސިލްގެ މުވައްޒަފުން ފެންސުޖެހުމުގެ މަސައްކަތް ކޮށްދެނީ ކަމަށެވެ.

މުއިއްޒު ވިދާޅުވީ މަގުމަތީގައި ސްމޯކިން އޭރިއާ ހެދުން ފިޔަވާ ސަރުކާރުން އެދުނު ކޮންމެ ކަމެއްގައި ސިޓީ ކައުންސިލުން ވާނީ އެއްބާރުލުން ދީފައި ކަމަށެވެ.

https://twitter.com/MMuizzu/status/1510924491886821377

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް