ކޯވިޑް ސާމްޕަލް ނަގައިދިނުމުގެ ހިދުމަތް މާލެ ސަރަހައްދުގައި މިހާރު ލިބޭނީ ހަމަ އެކަނި ސެނަހިޔާ ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ ރާއްޖޭގެ ކޮވިޑްގެ ހާލަތު ރަނގަޅުވަމުންދާތީ އެޗްޕީއޭއިން މާލޭގައި ހުޅުވާފައިވާ ގިނަ ސެންޓަރުތައް ބަންދުކޮށްފައިވާ ކަމަށެވެ. އަދި މިހާރު ހިދުމަތް ދޭނީ އެ ހޮސްޕިޓަލްތަކުން އެކަނިކަމަށް އެޗްޕީއޭއިން ބުނެއެވެ.
މި ތިން ސެންޓަރުންވެސް ސާމްޕަލް ނަގައިދޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ރޭގަނޑު 9 އިން ފެށިގެން ރޭގަނޑު 11 އަށެވެ.
ރާއްޖޭގައި މިހާރު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.
އެޗްޕީއޭއިން އިއްޔެ އާއްމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން ދިޔަ މިދިޔަ ހަފުތާގައި އެ ބައްޔަށް ޕޮޒިޓިވްވީ 665 މީހަކެވެ. ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 177،658 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް