މާލޭ ސިޓީ ކައުންސިލްގެ މެންބަރު ނަހުލާ ޢަލީއަށް ޕީޕީއެމްއިން އަޅާފައިވާ ފިޔަވަޅުތައް، ކުރީގެ ރައީސް އަދި އެ ޕާޓީގެ ލީޑަރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެންގެވުމަކަށް އެ ޕާޓީން އުވައިލައިފިއެވެ.
ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފުވެފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލަ ސާބިތުވާ ކަމަށް ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ކަނޑައަޅައި ނަހުލާ ސަސްޕެންޑް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.
އަދި ނަހުލާ ސަސްޕެންޑް ކުރީ ޕާޓީގެ އެތެރޭގެ އިންތިޚާބެއްގައި ހަ މަސް ދުވަސް ވަންދެން ވާދަ ނުކުރެވޭ ގޮތަށެވެ.
ރާއްޖޭގެ ބައެއް އޮންލައިން މީޑިއާތަކުގައި ނަހުލާ އާއި ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުން އޭނާއަށް ޕާޓީން އަޅާފައިވާ ހުރިހާ ފިޔަވަޅެއް ރައީސް ޔާމީންގެ އެންގެވުމަކަށް އުވައިލާފައިވާ ކަމުގެ ރަސްމީ ސިޓީ، މިދިޔަ ބުރާސްފަތި ދުވަހު އޭނާއަށް ވަނީ ލިބިފައެވެ.
މީގެ އިތުރުން ޕީޕީއެމުން ވެސް މީޑިއާގައި ބުނެފައި ވަނީ ނަހުލާގެ މައްސަލަތައް އަލުން ރިވިއު ކުރުމަށްފަހު، އެ ހުރިހާ ފިވަޔަޅުތަކެއް އުވައިލާފައިވާ ކަމަށާއި ނަމަވެސް މިކަމުގެ އިތުރު ތަފުސީލު ހާމަކޮށްފައެއް ނުވެއެވެ.
.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް